ފެންތަށި އަނގަޖަހާގޮތަށް އެއްފަހަރުން ހުސްކޮށްލީމާ ހިތަށާ ކަށިތަކަށާ ހުޅުތަކަށް އަދި ފުއްޕާމެއަށް ގެއްލުންލިބޭކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ފެންތަށި އަނގަޖަހާގޮތަށް އެއްފަހަރުން
ހުސްކޮށްލީމާ ހިތަށާ ކަށިތަކަށާ ހުޅުތަކަށް އަދި ފުއްޕާމެއަށް ގެއްލުންލިބޭކަން
އެނގޭތަ؟


މިހާރަކަށް އައިސް ކޮޅަށްހުރެ ކެއުމާއި ފެންބުއިން މިވަނީ ޢާންމު ކަމަކަށްވެފައެވެ. ތަހުޒީބީ ކަމަކަށްވެސް ހަދައިފައެވެ. އަދި ފެންފުޅީގައި އަނގަޖަހާ ގޮތަށް ފުޅި ހުސްކޮށްލުމަކީ މޮޅު މީހުންނަށް ކުރެވޭ ކަމަކަށްވެސް ހަދައިފިއެވެ. ވީމާ މިކަންކަމުގެ ޙަޤީޤަތަށް ބަލައިލަމާތޯއެވެ!  

ކޮޅަށް ހުރެ ފެން ބުއިމަކީ ނާރުތަކަށް ބާރު ބޮޑުވެ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބޭ ޞިއްހަތަށް ވަރަށް ނުރައްކަތެރިކަމެއް ކަމަށް ސައިންސްގެ ހޯދުންތަކުން ވަނީ ހާމަވެފައެވެ. މިކަން ޙަކީމީ ބޭސްވެރިކަން ކުރިއަރުވަން ހޯދުންތައް ހޯދި ސައިންސްވެރިންގެ ޓީމަކުން ހާމަކުރިތާ ކިތަންމެ ދުވަހެކެވެ.   

 އެޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފެން ބޯންޖެހޭނީ އިށީނދެ އިނދެގެން ކަމަށެވެ. އަދި ބޯފެނުގެ ފައިދާ ހަށިގަނޑަށް އެންމެ ރަނގަޅަށް ކުރާނީވެސް އިށީނދެ އިނދެގެން ފެންބުއިމުން ކަމަށެވެ.  

"އެއް ފަހަރާ ފެންތަށި  ހުސްކޮށްލުމުން ފެން އެތެރެވެގެންދަނީ ވަރަށް ބާރު ސްޕީޑެއްގަ. އެކަމުން ނާރުތަކަށް ވަރަށް ގިނަ ގެއްލުންތައް ލިބޭ. ފެންވެސް އެތެރެކުރަން ޖެހޭނީ ވައިވެސް އެތެރެކުރާ ފަދައިން ލަސްލަހުން. އެއް ފަހަރާ ބާރު ސްޕީޑްގަ ފެން ބުއިމަކީ ހަށިގަނޑުގެ އޮކްސިޖަން ލެވެލް މަދުވެގެންދާ ކަމެއް. އެކަމުގެ ސަބަބުން ހިތުގެ ހިނގުމަށާ ފުއްޕާމޭގެ މަސައްކަތަށް ގެއްލުން ލިބޭ. މީގެ އިތުރުން ކަށްޓަށްވެސް ގެއްލުން ލިބި ހުޅުހުޅުގަ ރިއްސުމުގެ މައްސަލަތައްވެސް ކުރިމަތިވޭ."

މިއަދުގެ ސައިންސްވެރިން މިމޭރުމުން ބުނާއިރު މީގެ 1450 ވަރަކަށް އަހަރުކުރިން ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ވަނީ މިކަންކަން ބަޔާންކޮށް ދެއްވަވައިފައެވެ. ސައިންސްވެރިންގެ ހޯދުންތަކުން އެނގި އިތުރަށް ކަށަވަރުވަމުން މިދަނީ ޙަދީޘްފުޅުތަކުގެ ޞައްޙަކަމެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "ކޮޅަށް ހުރެ ފެން ނުބުއިމަށާއި އިށީނދެ އިނދެ ފެން ބުއިމަށާއި ލަސްލަހުން ފެން ބުއިމަށާއި އަދި 3 ނޭވާއިން ފެންތަށި ބުއިމަށް" ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.  

ފެންބުއިމުގެ 6 ސުންނަތް:

1 ފެންތަށީގަ ކަނައަތުންހިފުން

2 ބޯންފެށުމުގެކުރިން ބިސްމިﷲ ކިޔުން

3 އިށިނދެ އިނދެގެން ފެންބުއިން

4 3 ނޭވައިން ނުވަތަ 3 ކޯވަރުން ބުއިން

5 ތަށްޓަށް ނޭވާނުލުން

6 ފެންބޮއި ނިމުމުން އަލްޙަމްދުލިﷲ ކިޔުން  

ގުޅުންހުރި ލިޔުން:  

https://theislamicinformation.com/blogs/sunnah-of-drinking-water-hadiths-islam/

 

 

މިއަދު އޮންލައިން