ތަނަވަސްކަން އިތުރުކޮށްލަން ފަސްޖެހެނީ ކީއްވެ؟ ހަމައެކަނި ﷲ ގެ ރުއްސެވުން އެދިގެން ނިކަމެއްޗަކަށް އެހީތެރިވީމާ ދުނިޔޭގަވެސް ބޮޑެތި ހެޔޮ ބަދަލުތައް ދެއްވަވާތަން މިދަނީ ފެންނަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ތަނަވަސްކަން އިތުރުކޮށްލަން ފަސްޖެހެނީ ކީއްވެ؟ ހަމައެކަނި ﷲ ގެ ރުއްސެވުން އެދިގެން ނިކަމެއްޗަކަށް އެހީތެރިވީމާ ދުނިޔޭގަވެސް ބޮޑެތި ހެޔޮ ބަދަލުތައް ދެއްވަވާތަން މިދަނީ ފެންނަމުން!

އެއްވެސް މީހަކާއިމެދު ކަންކަން މެދުވެރިވާނީ ކޮން ގޮތަކަށްކަން ބުނެވޭނެ ގޮތެއް ނުއޮންނާނެއެވެ. އެއީ މުސްތަޤްބަލުގައި ވާންހުރި ގޮތް ނުވަތަ މެދުވެރިވާނެ ކަންކަން ހަމައެކަކަށްވެސް ނުވިސްނޭތީއެވެ. ނަމަވެސް އަހުރެމެންނަށް ކުރެވިދާނެ ނުވަތަ ކުރެވެން އޮތް ކަމެއް އެބައޮތެވެ.  

އެކަމަކީ ކޮންމެ ދުވަހަކު ލޯތަކަށް މިފެންނަ ކަންކަމަށް ވިސްނުމެވެ. ކަންކަން ހިނގަމުންދާ ގޮތް ދެނެގަތުމެވެ. މިގޮތުން ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލުވާ އެއްކަމަކީ ނިކަމެތިކަންމަތީގައި ދުނިޔޭގައި އުޅެންޖެހިފައިވާ އަޅަކަށް އެހީތެރިވެދިނުމުން ކުރާ ފައިދާއެވެ.  

އަތުގައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެންވެސް ދަތިހާލުގައިވާ މީހުންނަށް އެހީތެރިވެދޭށެވެ. އެއީ ތިބާގެ އަތުން މަދުވާނެ އެއްޗެއް ނޫނެވެ. އޮށެއް އިންދުމުން އެއިން ގަހެއް ފަޅައި އެގަހުގައި ކުރާއެޅުމަށްވުރެވެސް އަވަހަށް އިން ޝާ ﷲ ތިބާ ކުރި ހެޔޮ ޢަމަލު އައިސް ތިބާއާއި ބައްދަލުކުރާނެއެވެ.   

އަދިވެސް ވަރަށް ފައިދާހުރި ކަމެއް ފާހަގަކޮށްލާނަމެވެ! އަތްމަތި ހުސްކޮށްލައިގެންވެސް ﷲ ތަޢާލާގެ މަގު ކުރިއަރުވަން ކުރެވޭ މަސައްކަތްތަކަށް އެހީތެރިވާށެވެ! ފައިދާ އެތައް ހާސް ގުނައަކަށް އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން