ބައިވެރިޔާއަށް ބޭވަފާތެރިވުންފަދަ ކުށްތައް ބުނެދީ އިޞްލާޙްކުރުވަން މަސައްކަތްކުރާނަމަ އެއީ ހެޔޮލަފާ، ތިބާއަށް ހެޔޮއެދޭ އެކުވެރިއެއް! އެފަދަ އެކުވެރިއަކާ ވަކިނުވާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބައިވެރިޔާއަށް ބޭވަފާތެރިވުންފަދަ ކުށްތައް ބުނެދީ
އިޞްލާޙްކުރުވަން މަސައްކަތްކުރާނަމަ އެއީ ހެޔޮލަފާ، ތިބާއަށް ހެޔޮއެދޭ
އެކުވެރިއެއް! އެފަދަ އެކުވެރިއަކާ ވަކިނުވާތި!


"އިސްލާމް ކަމަށްފަހު ހެޔޮ ލަފާ

އެކުވެރިއަކަށްވުރެ ބޮޑު ނިޢްމަތެއް މުސްލިމަކަށް ލިބިގެނެއް ނުވެއެވެ." މިޢީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނު ވިދާޅުވެފައިވާކަމަށް މަޝްހޫރުވެފައިވާ  ބަސްފުޅެކެވެ. 

ޢުމަރުގެފާނަށް    މުސްލިމުންގެ ޚަލީފާކަން ލިބިވަޑައިގަތުމުން އެކަމަށް ތަޢްރީފްކުރި މީހެއްގެ ގާތު އެކަލޭގެފާނަށް ތަޢްރީފް ނުކުރުމަށް ވިދާޅުވެ އޭނާއަކީ ޢުމަރުގެފާނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭކަލަކު ކަމުގައިވާނަމަ އެކަލޭގެފާނުގެ ކިބައިގައި ހުންނަ އުނިފަތަކާއި ކުރެއްވޭ ކުށްތައް ބަޔާންކޮށްދެއްވައި އިޞްލާޙްކުރަން އެހީތެރިވެދޭ މީހަކު ކަމުގައިވުމަށް ވިދާޅުވެފައިވެއެވެ.  

ކޮންމެ އިންސާނަކީވެސް އެމީހެއްގެ ކިބައިގައި ކޮންމެވެސް އުނިސިފަތަކެއް ހުންނާނެ މީހެކެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް އެންމެ މުހިންމު އެއްކަމަކީ އެމީހެއްގެ ކިބައިގައި ހުންނަ އުނިސިފަތައް އެމީހަކަށް ބުނެދީ އެމީހަކު އިޞްލާޙް ކުރުމަށް އެހީތެރިވެދޭނެ މީހެކެވެ.  

މީހަކަށް ނަޞޭޙަތެއް ދޭނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެވެ. އެގޮތުން މީސްތަކުންގެ ތެރޭގައި ހުއްޓައި އެހެން މީހުންނަށް އެނގޭ ގޮތަށް ނަޞޭޙަތް ނުދޭށެވެ. އެއިރުން އެކަން ވާނީ އޭނާ ފަޟީޙަތްކުރުން ކަމަށް އެމީހަކަށް ވިސްނިދާނެކަމަށްޓަކައެވެ. އެއިރުން ލަދުގަންނާނެތީއެވެ.

ނަމަވެސް ބައެއް މީހުންނަށް އެކުވެރިންނާއިމެދު ވިސްނެނީ ރަނގަޅަކަށް ނޫނެވެ. ކުރެވޭ ކުށެއް ފާހަގަކޮށްފިނަމަ އަންނަނީ ރުޅިއެވެ. ލޯބިވެރިއަކު ގެންގުޅޭކަން އެނގުމުން ބައިވެރިޔާއަށް ވަފާތެރިވާން ބުނުމުންވެސް އެބަ ގުޅުންކަނޑައިލައެވެ. އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ.

އެކުވެރިޔާ އެކުރާކަމަކީ ތިބާގެ ޒާތީ ކަންކަމާ ބެހުމެއް ނޫނެވެ. ތިބާއަށް ހެޔޮއެދޭތީ ތިބާގެ ދިރިއުޅުން ސަލާމަތްކުރަން މަސައްކަތްކުރަނީއެވެ. ވީމާ އޮތީ ޝުކުރުވެރިކަމާއިއެކު އެކަން ބަލައިގަތުމެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން