ތަފްސީރުކިޔައި ޤުރްއާނުގައިވާ ކަންކަން އިޚްލާޞްތެރިކަމާއެކު ދަސްކޮށްފި މީހަކު މަގުފުރެއްދުމަކީވެސް އަދި މާޔޫސްކުރުވުމަކީވެސް ޝައިޠޯނާއަށްވެސް ފަސޭހައިން ކުރެވޭނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ތަފްސީރުކިޔައި ޤުރްއާނުގައިވާ ކަންކަން
އިޚްލާޞްތެރިކަމާއެކު ދަސްކޮށްފި މީހަކު މަގުފުރެއްދުމަކީވެސް އަދި
މާޔޫސްކުރުވުމަކީވެސް ޝައިޠޯނާއަށްވެސް ފަސޭހައިން ކުރެވޭނެ ކަމެއް ނޫން!


ޤުރްއާން ކިޔަވަނީ މަދުބައެކެވެ. މާނަކިޔަނީ އެއަށްވުރެ މަދު ބައެކެވެ. އަދި ތަފްސީރުކިޔަނީ މާމަދު ބައެކެވެ. މިއީ ވަރަށް ދެރަކަމެކެވެ. ޤުރްޢާނުގެ ތަފްސީރު ކިޔުމާއިމެދު ބުނަންޖެހެނީ އެކަން އިޚްލާޞްތެރިކަމާއިއެކު ކުރަންފެށުމަކީ އެކަމަށް ދެވިހިފާކަމެކެވެ. ދެވިހިފައި ލަފްޒީ މާނަ ކިޔަންވެސް ބޭނުންނުވެ ތަފްސީރުކިޔަން ބޭނުންވާ މީހުންވެސް އެބަތިއްބެއެވެ.

 

ހިތްވަރުދިނުމުގެ ގޮތުން މިގެނެސްދެނީ ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ

 

ކީރިތި ޤުރްއާނަކީ މުޢްޖިޒާތެއް ކަމަށް ބުނެ ނިންމައިލެވޭކަށް ނެތެވެ. ކީރިތި ޤުރްއާނަކީ ދިރިދެމިގެންވާ މުޢްޖިޒާތެކެވެ. އެކަން އެންމެ ބޮޑަށް އެނގޭނީ ޤުރްއާން ދިރާސާކުރާ މީހުންނަށެވެ. ޚާއްޞަކޮށް ޢިލްމުވެރިންނަށެވެ. ސައިންސްވެރިންނަށެވެ.  

ޤުރްއާން ދިރާސާކުރަން މަސައްކަތްކުރާ ގިނަ ބައަކު އިސްލާމްވަނީ އެސަބަބަށްޓަކައެވެ. ޚާއްޞަކޮށް ސައިންސްވެރިން ފަދަ ބޮޑެތި ޢިލްމުވެރިންނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހަމައެކަނި ޤުރްޢާނުގެ ދެލިގަނޑު ކިޔާލާފައި ފުއްދައިނުލާށެވެ! މާނަކިޔާށެވެ! ތަފްސީރުވެސް ކިޔާށެވެ! ތަފްސީރު ޢިލްމުވެރިން ފޮތްތައް ލިޔުއްވާފައިވަނީ އެތައް އަހަރަކު ވަރަށް ބުރަކޮށް އެކަމަށް މަސައްކަތްކުރައްވައިގެންނެވެ.

ތިމާގެ ހިތުގެ ތެރެއަށް ރަނގަޅު ގޮތުގައި ޤުރްޢާން ވައްދައިލެވިއްޖެނަމަ އެމީހަކު މަގުފުރައްދައިލުމަކީވެސް އަދި މާޔޫސްކުރުވުމަކީވެސް އެހާފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ޤުރްއާނުން ހިތް ފުރާލައިފި މީހެއްގެ ހިތުގެ ތެރެއަކަށް ޝައިޠޯނާއަކަށް ނުވަދެވޭނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ބްރޫނޯއަކީ އިސްލާމް ދީނާއި އެންމެ ބޮޑަށް އިދިކޮޅުހަދަމުންދާ ފަރަންސޭސިވިލާތުގެ އެންމެ މަޝްހޫރު އެއް ސައިންސްވެރިޔާއެވެ. ތަރިތަކާއި ފަލަކީ ޢިލްމުންވެސް ކުރިއަރާފައިވާ ބުރޫނޯ ވަނީ ތަފާތު މަރުކަޒުތަކުގައި މަސައްކަތްކޮށް 140 އަށްވުރެ ގިނަ ރިސާރޗް ހަދައި ނަތީޖާތައް ހާމަކޮށްފައެވެ.  

ބުރޫނޯ ބުނާގޮތުން މިއާޔަތްތަކުގައި މިވަނީ ޙަޤީޤަތެވެ. އެކަންކަން ޤަބޫލުނުކޮށް އެއްވެސް ސައިންސްވެރިއަކަށް ކުރިއަކަށް ނުދެވޭނެއެވެ.

" އަދި، އުޑުތަކާއި ބިމުގެ ވެރިކަންވަނީ اللَّه އަށެވެ. އަދި، اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."

" ހަމަކަށަވަރުން، އުޑުތަކާއި

ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ أهل ވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ."

" އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، باطل ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ!" (އާލްއިމްރާން: 189، 190، 191)  

އޭނާ ބުނާގޮތުގައި ސައިންސްއަކީ ފުންމިން އެނގުން ނުވާ ކަނޑެކެވެ. ނަމަވެސް ރިސާޗްކުރަން ދުނިޔޭގައި ހުރެވެނީ ދާދިމަދު ދުވަސްކޮޅަކު އެވެ. އެހެންވެ ކަންކަމުގެ ޙަޤީޤަތް ނުހޯދެނީއެވެ. ސައިންސްވެރިން ހޯދަން ބޭނުންވާ ވަރަށް ގިނަ ކަންކަމަށް ކީރިތި ޤުރްއާނުން ޖަވާބުލިބެއެވެ.

ކްރިސްޓިއަން ޢާއިލާއަކަށް ނިޞްބަތްވާ ބުރޫނީ ވަނީ އިސްލާމްވުމަށްފަހު ސައިންސްގެ އަލީގައި އިސްލާމްދީނުގެ މަތިވެރިކަން ސާބިތުކޮށްދޭން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ފޮތްލިޔުމާއި ރިސާޗްކޮށް ނަތީޖާ ހާމަކުރުމުގެ އިތުރުން ޓީވީ ޕްރޮގްރާމްތަކުގައިވެސް އޭނާވަނީ އިސްލާމްދީން މަތިވެރިކުރަން މަސައްކަތްކޮށްފައެވެ.  

ގުޅުންހުރި ވީޑިއޯ:

https://www.youtube.com/watch?v=V-W18LqNJOc&t=104s

 

މިއަދު އޮންލައިން