އެހީތެރިވާނެ މީހަކުވެސް ތިމާދެކެ ލޯބިވާނެ މީހަކުވެސް ނެތްކަމަށް ޤަބޫލުކުރެވި އެކަނިވެރިކަން އިޙްޞާޞްކުރެވޭނަމަ ނިކަން މިގޮތަށް ޢަމަލުކޮށް ތަފާތު ބަލައިލަބަލަ! ހިތް ފުރޭނެ! އިން ޝާ ﷲ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެހީތެރިވާނެ މީހަކުވެސް ތިމާދެކެ ލޯބިވާނެ މީހަކުވެސް ނެތްކަމަށް ޤަބޫލުކުރެވި އެކަނިވެރިކަން އިޙްޞާޞްކުރެވޭނަމަ ނިކަން މިގޮތަށް ޢަމަލުކޮށް ތަފާތު ބަލައިލަބަލަ! ހިތް ފުރޭނެ! އިން ޝާ ﷲ

ދިރިއުޅުމުގައި ކަންކަން މެދުވެރިވާ ގޮތުން ތިމާއަކީ އެކަނިވެރިއަކު ކަމަށް ޤަބޫލުކުރެވޭ ބައެއް ޙާލަތު ކުރިމަތިވެއެވެ. ކައިވެނީގެ ކުރިންވެސް ކައިވެނީގެ ފަހުންވެސް މިފަދަ ޙާލަތުތައް ކުރިމަތިވެ ގިނަ ބައަކު މާޔޫސްވެއެވެ.  

ބުނަންހެއްޔެވެ؟ ތިބާއަކީ އެކަނިވެރިއެއް ނޫނެވެ. ތިބާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވެއެވެ. އަދި އެވަރަކުންވެސް ފުއްދަވައި ލައްވަވަނީއެއް ނޫނެވެ. ކޮންމެ ރެއަކު ރޭގަނޑުގެ 3 ވަނަ ދަންފަޅިއަށް އެޅުމާއިއެކު ތިބާ އާއި އެންމެ ގާތަށް (ފުރަތަމަ އުޑަށް) ﷲ ތަޢާލާ ވޮޑިގަންނަވައެވެ.  

ގަޑިއާއި ފޯނު ސޯނާކޮށްގެންވެސް ހޭލާށެވެ! ފުރުޞަތުގެ ބޭނުން ހިފާށެވެ! ﷲ ތަޢާލާގެ ޙަޟްރަތަށް ޙާޒިރުވާށެވެ! ވުޟޫކޮށްލައިގެން މުސައްލަ މައްޗަށް އެރުމުން އެއޮތީ އެކަން ކުރެވިފައެވެ. އަވަހަށް އެންމެ 2 ރަކްޢަތް ނަމަވެސް ކޮށްލާށެވެ! އެއަށްފަހު ތިބާގެ ޙާލަތު ސާފުބަހުން ދަންނަވާށެވެ! ތިބާ ވާހަކަދައްކާ ބަހުން ދެންނެވިޔަސް ފުދޭނެއެވެ.  

ކުޑަދޮރުން ބޭރުބަލައިލާށެވެ! އުޑުން ތަރިތައް ފެންނާނެއެވެ. މުޅިން ތަފާތު އިޙްޞާޞްތަކެއް ކުރެވޭނެއެވެ. ތަރިތައް ފިޔަޖަހަމުން ތބާއާއި ދިމާއަށް އަންނަހެންވެސް ހީވާނެއެވެ. ޛިކުރުތައް ކިޔަމުން ދޮރުހުޅުވައިލާށެވެ! އަރާމު ފިނިވައިރޯޅިތައް ތިބާގެ ގައިގައި ބީހޭނެއެވެ. ހީވެސް ނުކުރެވޭފަދަ ބޮޑު އަރާމެއް ލިބިގެންދާނެއެވެ. ހިތްހަމަޖެހުން ލިބޭނެއެވެ.

ދޮރުލައްޕައިލާށެވެ! އެނބުރި ގޮސް މުސައްލަމަތީގައި އިށީނދެ ދުޢާކުރަންފަށާށެވެ! ތިބާގެ ހުރި ހުރިހާ މައްސަލަތައް ޙައްލުކޮށްދެއްވަވާނެތެވެ. ތިބާއަކީ އެކަނިވެރިއެއް ނޫންކަން އަމިއްލައަށްވެސް އިހްޞާޞްކުރެވެން ފަށާނެއެވެ. އިން ޝާ ﷲ  

ގޮތް ބަލައިލަންނަމަވެސް ނިކަން މިމަގުން ޢަމަލުކޮށްބަލާށެވެ! މުޅިން ތަފާތު އިޙްޞާޞްތަކެއް ކުރެވެން ފަށާނެއެވެ. ހިތަށް ހަަމޖެހުމާއި އުފާވެރިކަން ލިބިގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން