މައިންބަފައިންނަށް ހެޔޮކޮށް ހިތުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ކޯފާއިން ސަލާމަތްވެވޭނެކަން ޙަދީޘުން!

ކިޔުމަށް ހޭދަވާނީ 1މ 50ސ
މައިންބަފައިންނަށް ހެޔޮކޮށް ހިތުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ކޯފާއިން ސަލާމަތްވެވޭނެކަން ޙަދީޘުން!

ޢާއިޝަތު ރަފާޙް ޢަލީ

 

މިއީ މައިންބަފައިންނާމެދު ޢަމަލުކުރުމުން ކޮންމެ ދަރިއަކަށްވެސް ފައިދާކުރާނެ ޙަދީޘްފުޅެކެވެ. ޢަމަލުކުރުމުން ސުވަރުގެ ލިބުނަށް ފަސޭހަވެގެންދާނެއެވެ! އިން ޝާ ﷲ. ހަމަ އެއާއިއެކު މައިންބަފައިން ދަރިންނަށްޓަކާ ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ.

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

رِضى اللَّهِ في رِضى الوالِدَينِ ، وسَخَطُ اللَّهِ في سَخَطِ الوالدينِ

މާނައީ: "ﷲ ގެ ރުއްސެވުން ވަނީ މައިންބަފައިންގެ ރުހުމުގައެވެ. އަދި ﷲ ގެ ކޯފާ ވަނީ މައިންބަފައިންގެ ރުޅިންނެވެ."

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net) 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.

ثلاثُ دَعواتٍ لا تُرَدُّ : دعوةُ الوالِدِ لِولدِهِ ، ودعوةُ الصائِمِ ، ودعوةُ المسافِرِ

މާނައީ: "އަނބުރާ ރައްދު ނުކުރެވޭ ތިން ދުޢާ އެއް ވެއެވެ. އެއީ މައިންބަފައިން އެމީހުންގެ ދަރީންނަށް ކުރާ ދުޢާ އާއި ރޯދަވެރިއާގެ ދުޢާ އާއި، ދަތުރުވެރިޔާގެ ދުޢާއެވެ."

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)

މިއަދު އޮންލައިން