”ރިބާ ކާ މީހާއާ ރިބާ ދޭ މީހާއާ އެ ލިޔާ މީހާއާ ހެކިވެރިވާ ދެމީހުންނަށް، ވެސް ރަސޫލު ޞޢޥ ލަޢްނަތް ލެއްވެވި!”މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެއް!" ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
”ރިބާ ކާ މީހާއާ ރިބާ ދޭ މީހާއާ އެ ލިޔާ މީހާއާ ހެކިވެރިވާ ދެމީހުންނަށް، ވެސް ރަސޫލު ޞޢޥ ލަޢްނަތް ލެއްވެވި!”މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެއް!" ޙަދީޘް

ރިބާގެ ހުރި ނުބައިކަމުގެ ވާހަކަ އަޑުއަހަންވެސް މިއަދު ގިނަބައަކު ބޭނުންވެސް ނުވެއެވެ. ރިބާގައި ނުޖެހެވޭ މީހުން މަދުކަމުންނެވެ. ކިތަންމެ ގިނަ ބައަކު ރިބާގެ މުޢާމަލާތްތައް ކުރިނަމަވެސް އެކަމުގެ ޙުކުމަކަށް އެއްވެސް ބަދަލެއް ނުއަންނާނެތެވެ. އެއީ ލަޢްނަތް ލެއްވިގެންވާ ބައެކެވެ.  

لَعَنَ رَسُولُ اللَّهِ ‌‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‌‏ آكِلَ الرِّبَا وَمُؤْكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ   

މާނައަކީ: ”ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ލަޢްނަތް ލެއްވިއެވެ." އަދި ވިދާޅުވިއެވެ: ”މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ." (މުސްލިމް) 

- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން 

ޝަރަޙަ އަޑުއައްސަވާލައްވަން:

 

މިއަދު އޮންލައިން