އަހުރެމެން ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް ﷲ
ތަޢާލާ އަންގަވައި ދެއްވަވަތެވެ. އެކަން ވިސްނޭނީ ވިސްނައި ފިކުރުކުރާ މީހަކަށެވެ. އެކަން މިބުނާ ވާހަކައިންވެސް އެނގޭނެއެވެ.
ތިބާގެ ކުޑަ ދަރިފުޅު ކަމަކަށް ބޭނުންވެއްޖެނަމަ ކުރަނީ ކޮންކަމެއް ހެއްޔެވެ؟ ފުރަތަމަ އެކަމަކަށް އެދޭނީއެވެ. ކޮށްނުދިންނަމަ ތަކުރާރުކޮށްވެސް އެދޭނެއެވެ. ދެންވެސް ކޮށްނުދިންނަމަ ދެރަވެ، ރޮއި ކަރުނައަޅާނެއެވެ.
ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދިގެން އަހުރެމެންވެސް ޢަމަލުކުރަން އޮތީ ހަމަ މިމިޘާލުގައެވެ.
ކަމަކަށް ބޭނުންވުމުން އެކަމަކަށް އެދިގެން ދުޢާކުރަންވީއެވެ. ޢިޖާބަކުރެއްވެވުން އެދި ދުޢާ ތަކުރާރުކުރަމުން ގެންދާނީއެވެ. ޢިޖާބަ ކުރެއްވެވުން ރޮއި ކަރުނައަޅަންވީއެވެ. މީހަކު ދެރަވެ ރޮއި ކަރުނައަޅައި ދުޢާކޮށްފިނަމަ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. އިން ޝާ ﷲ
އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ. ދަރިއަކު ކަމަކަށް ބޭނުންވެގެން ރޮމުން ފަހަތުން ހިނގާނަމަ ބައެއް ފަހަރު އެކަން ކޮށްދެވެނީ ބޮލަށް އުނދަގޫވެގެންނެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން މުޅިންތަފާތެވެ. މީސްތަކުން ކަންކަމަށް ބޭނުންވެގެން ގިނަގިނައިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި ދެންނެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.
މިކަމުންވެސް އެނގެނީ ކޮންކަމެއް ހެއްޔެވެ؟ މައިންބަފައިންނަށްވުރެ
އަހުރެމެންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާކަން ނޫންހެއްޔެވެ؟ ޝުކުރުވެރިވުމުގެ ގޮތުން އިޚްލާޞްތެރިކަން އިތުރުކުރާށެވެ!
--މަޢްލޫމާތު: ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން