ރުޤްޔާކޮށްދެނިކޮށް ޖިންނި މުފްތީ މެންކަށް ފުލުފުލުގަ ޙަމަލާދިން ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރުޤްޔާކޮށްދެނިކޮށް ޖިންނި މުފްތީ މެންކަށް ފުލުފުލުގަ ޙަމަލާދިން ޙާދިސާއެއްގެ ވާހަކަ-

އަހުރެން ރުޤްޔާކުރުން ހުއްޓައިލި އެއްސަބަބަކީ މީހުން ޤަބޫލުކުރާ ގޮތެވެ. ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ބައެއް ކަންކަން މެދުވެރިވާނީ ޖިންނިގެ ސަބަބުން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ބައެއް ވިޓަމިންތައް ނުވަތަ ބައެއް މާއްދާތައް ހަށިގަނޑުން މަދުވުމުންވެސް ބައެއް އަޑުއަޑު އިވިދާނެއެވެ. ނަމަވެސް ބައެއް މީހުން އެކަން ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ.  

ކޮންމެއަކަސް ބައެއްގެ އެދުމަށް ރުޤްޔާކުރަން ގެއަކަށް ދިއައިރު ޖަނަވާރުގެ ތަޞްވީރުތަކެއް ފާރުގައި ހުއްޓެވެ. އެފަދަ އެއްޗެއް ހުއްޓައި ރުޤްޔާއެއް ނުކުރެވޭނެއެވެ. އެހެންވެ އެ ފްރޭމްތައް ނަންގުވައި ގެއިން ބޭރުކުރުމަށްފަހު ރުޤްޔާކުރަން ފެށީމެވެ. 

ގޭގެ ބަދިގެ ފެނެއެވެ. ބަދިގޭގައި އެއްވެސް މީހަކު ނެތެވެ. އެކަމަކު އަހުރެންގެ ބޮލާއި ދިމާއަށް މަގެއްފަދަ އެއްޗެއް ހޫރައިލިއެވެ. ރެކުނީމައި ގޮސް ފާރުގައި ޖެހިފައި ތެޅުނީއެވެ. އެއިގެ ފަހުންވެސް އެއްޗެއް އެއްލިއެވެ. އެއިންވެސް ސަލާމަތްވެވުނީ ރެކުނީތީއެވެ.  

އެކަން ޢާއިލާއަށް އެނގުމުން ރުޤްޔާ ނުކުރަން އެމީހުން މާބޮޑަށް ބާރުއެޅުމުން ރުޤްޔާކުރުން ހުއްޓައިލީއެވެ. އެއީ އަހުރެންގެ ހަށިގަނޑުދެކެ ލޯބިވާވަރުިންކަން ޤަބޫލުކުރެވޭތީއެވެ.  

ޤުރްއާނުގެ ކޮންމެ އާޔަތަކީވެސް މަތިވެރި ޢާޔަތެކެވެ. އެހެންކަމާއިއެކުވެސް ވަރަށް ބާރުގަަދ އާޔަތްތައް އެބަހުއްޓެވެ. ހަމައެފަދައިން ވަރަށް ބާރުހުރި ދުޢާތައްވެސް އެބަހުއްޓެވެ. އަހުރެމެންނަށް އޮތީ ޤުރްޢާންކިޔެވުމާއި ދުޢާކުރުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

- މިއަދުނޫސް

މިއަދު އޮންލައިން