ލޯބީގަ ލަނޑުލިބުމާ ކައިވެނިކުރެވުން އަވަސްވުމަށް އެދޭނަމަ ކިތަންމެ ލޯބިވިޔަސް ކައިވެނިކޮށްގެން ބާއްވަންޖެހޭ ގުޅުން އެއިގެކުރިން ނުބާއްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ލޯބީގަ ލަނޑުލިބުމާ ކައިވެނިކުރެވުން އަވަސްވުމަށް އެދޭނަމަ ކިތަންމެ ލޯބިވިޔަސް ކައިވެނިކޮށްގެން ބާއްވަންޖެހޭ ގުޅުން އެއިގެކުރިން ނުބާއްވާށެވެ!

އަންހެނުންގެ ކިބައިން އެންމެ ގިނައިން އަޑުއިވޭ އެއްޝަކުވާއަކީ ލޯބިވެގެން އެތައް ދުވަހެއް ފާއިތުވެގެންދާއިއރުވެސް ކައިވެނިނުކުރާ ކަމުގެ ޝަކުވާއެވެ. މިފަދަ ޝަކުވާކުރާ ގިނަ އަންހެނުންނާއި ސުވާލުކުރުމުން ދޭޖަވާބުން އެނގެނީ އެކަމުގެ އެއަންހެނުންގެ ކުށް ވަރަށް ބޮޑުކަމެވެ. 

އެހެން މިބުނަނީ ކައިވެނި ނުކުރިނަމަވެސް ލޯބިވެރިޔާގެ ބޭނުންތައް ފުއްދައިދޭތީއެވެ. އެހެންކަމަށްވާނަމަ ކައިވެނިކުރުމުގެ މާބޮޑު ބޭނުމެއް އޭނާއަށް ނުއޮންނާނެތީއެވެ. ކައިވެނިކޮށްފިނަމަ ކުރަންޖެހޭ ޚަރަދުތައް ގިނަވެފައި އުފުލަންޖެހޭ ޒިންމާތަކެއް ހުންނާނެއެވެ.  

ނިކަން ވިސްނައިލަބަލާށެވެ! ކައިވެނި ނުކޮށް އަންހެން މީހާގެ ބޭނުންކުރާނަމަ އެކަމުން ވަރަށް ސާފުކޮށް އަންގައިދެނީ އޭނާގެ ކުރިމަތީގައި މުހިންމީ އޭނާގެ ބޭނުންތައް ފުއްދުންކަމެވެ. ޒިންމާ އުފުލަން ނުޖެހި މާކުޑަކުޑަ ޚަރަދަކުން ބޭނުންތައް ފުދޭނަމަ އެފަދަ މީހުން ކައިވެނިކުރަން ދުވަހަކުވެސް ބޭނުން ނުވެދާނެއެވެ. ހިހޫތަނުން ކާން ފަސޭހަވާނެތީއެވެ.  

ލޮބުވެތި އުޚުތުންނޭވެ! ލޯބިވެރިޔާ ދެކެވާ ލޯތްބަށްވުރެ ބޮޑަށް ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވެވޭނަމަ ލޯބިވެރިޔާ ކިތަންމެ ބޮޑަށް އެދުނަސް ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަމެއް ނުކުރާނެއެވެ. އެފަދަ ކަންކަން ކުރަން ބިރުވެތިވެވޭނެއެވެ.

ވީމާ ލޯބިވެރިޔާ އެދޭހައިކަމެއް ކޮށްދެމުން އޭނާ ކައިވެނިކުރުން ލަސްކުރާތީ ނުވަތަ ކައިވެނިނުކޮށްގެން އޭނާއާއި އެއްވެސް ޝަކުވާއެއް ކުރެވޭކަށް ނެތެވެ. އެކަމުގައި ބޮޑީ އެއަންހެނެއްގެ އަމިއްލަ ކުށެވެ. އިޞްލާޙްވާންވީ އަންހެނުންނެވެ!  

ދެން އޮތީ މީހަކު ދެކެ ލޯބިވީނަމަވެސް ﷲ ތަޢާލާއަށް ތެދުވެރިވެގެން ތިބޭ އަންހެނުންގެ މައްސަލައެވެ. ލޯބިވާކަމަށްބުނެ ކައިވެނިކުރުން ލަސްކުރާނަމަ އިންތިޒާރުގައި ދުވަސްތައް ބޭކާރުކޮށްނުލާށެވެ. އެމީހަކުދެކެ ލޯބިވުން ނިމުމަކަށް ގެންނާށެވެ! ކައިވެނިކުރާނެ ދީންވެރި ތަޤްވާވެރި، އަޚްލާޤް ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދާށެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- -އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން