ޘަވާބަށް އެދިގެން އަނބިދަރިންނަށް ކުރާހޭދައަކީވެސް ޞަދަޤާތެއް! އިސްކަންދޭންވީ ތިމާ ޚަރަދުކުރަންޖެހޭ މީހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޘަވާބަށް އެދިގެން އަނބިދަރިންނަށް ކުރާހޭދައަކީވެސް ޞަދަޤާތެއް! އިސްކަންދޭންވީ ތިމާ ޚަރަދުކުރަންޖެހޭ މީހުންނަށް!

ސުވަރުގެ އެދޭމީހާއަށް އެކަން ޙާޞިލްކުރެވޭނެ ގިނަ ޢަމަލުތަކެއް އިސްލާމްދީނުގައިވެއެވެ. އެފުރުޞަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ! އަޅުަކަމަކީ ހަމައެކަނި މިސްކިތުގައި އިނދެގެން ކުރާ ކަންކަމެއް ނޫނެވެ. ޘަވާބު ހޯދޭނެ ޢަމަލުތައް ވަރަށް ގިނައެވެ. 

މިހާރަކަށް އައިސް އެންމެ ގިނައިން އަޑުއިވޭ އެއް ޝަކުވާއަކީ ކޮންމެވެސް މީހަކު އެމީހާގެ އަނބިދަރިންނަށް ޚަރަދުނުކުރާ ކަމުގެ ޝަކުވާއެވެ. ދެމަފިރިން އެކުގައި ދިރިއުޅޭއިރުވެސް ޢާއިލާއަށް ކުރަންޖެހޭ ޚަރަދުނުކޮށް އެހެން ބައަކަށް ޚަރަދުކުރާކަމުގެ ޝަކުވާއެވެ. އެކުވެރިންގެ ކަންކަމަށް ޚަރަދުކުރާކަމުގެ ޝަކުވާއެވެ.  

ފުރަތަމަކަމަކަށްވެސް ވިސްނައިލާށެވެ! ތަނަވަސްކަން ހުރިވަރަކުން އެމީހާގެ ބެލުމުގެދަށުގައި ތިބި އަނބިދަރިންނަށް ޚަރަދުނުކުރުމުން އެމީހަކު ދާނީ ފާފަވެރިވަމުންނެވެ. ދެވަނަ ކަމަކަށް އެނަގައިލަނީ ނަރަކައިން މިންޖުވެވި ސުވަރުގެ ލިބެން އޮތް މަގެވެ.  

ޙަދީޘްފުޅުގައި އޮތީ ކަދުރުއޮށެއްގެ އެތިކޮޅަކުން ނަމަވެސް ޞަދަޤާތްކޮށް ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމަށެވެ. ޞަދަޤާތް ކުރެވޭނެ މަގުތައް ވަރަށް ގިނައެވެ. އެހެނީ އަނބިމީހާއަށް ކާންދޭ ލުޤްމާއަކީވެސް ޞަދަޤާތެކެވެ. 

ޞަދަޤާތް ދިނުމުގައި އެންމެ ހެޔޮކަންބޮޑީ އެމީހެއްގެ އަނބިދަރިންނަށާއި ޢާއިލާއަށް ޚަރަދުކުރުމެވެ. ހަމަ އެއާއިއެކު ﷲ ތައާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެން ޢާއިލާއަށް ހޭދަކުރިނަމަ އެކުރާ ހޭދަ ވާނީ ޞަދަޤާތަށެވެ. (ޞަހީޙް މުސްލިމް)

Abu Mas'ud reported Allah's Messenger (way peace be upon him) as saying:

When a Muslim spends on his family seeking reward for it from Allah, it counts for him as sadaqa.

Saheeh Muslim 

އެމީހަކަށް ލިބުނު މިންވަރަކުން ރަނގަޅު ކާބޯތަކެތި އަނބިދަރިންނަށް ކާން ބޯން ދިނުމުން ޞަދަޤާތުގެ މަތިވެރިކަން އިތުރުވެގެންދާނެއެވެ. ލިބޭ ޘަވާބުވެސް އިތުރުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން