ދަތް އުނގުޅާނެ އެއްޗެއް ނެތްނަމަ އިނގިލިން ނަމަވެސް ވުޟޫކުރުމުގެ ކުރިން ދަތް އުނގުޅާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދަތް އުނގުޅާނެ އެއްޗެއް ނެތްނަމަ އިނގިލިން ނަމަވެސް
ވުޟޫކުރުމުގެ ކުރިން ދަތް އުނގުޅާށެވެ!

 

ގެއިން ވުޟޫކުރާނަމަ ދަތްއުނގުޅައިލުމަކީ

ބުރައަކަށް ނުވާނެއެވެ. ވީމާ ވުޟޫކުރުމުގެ ކުރިން ދަތް އުނގުޅައިލާށެވެ. ސާފުތާހިރުކޮށް ގެންގުޅެވޭނަމަ ޖީބުގައި ސިވާކު ދަނޑިކޮޅެއް ގެންގުޅެގެންވެސް އެއީ ކުރަން ރަނގަޅު ކަމެކެވެ. ހުރި ގެއިން ބޭރުގައި ކަމަށްވެފައި ސިވާކުވެސް އަތުގައި ނެތްނަމަ އިނގިލިން ނަމަވެސް ރަނގަޅަށް ދަތްތައް އުނގުޅައިލާށެވެ.  

ޙަދީޘްފުޅުގައި މީސްތަކުންނަށް ބުރައަކަށް ނުވާނެ ނަމަ ކޮންމެ ފަހަރު ވުޟޫކުރުމުގެ ކުރިން ދަތް އުނގުޅަން އަމުރުކުރެއްވެވީސް ކަމަށެވެ.  

Abu Hurayrah quotes the Prophet as saying: “If it were not for fear that I would place hardship on my community, or on people, I would have ordered them to use the tooth stick at every prayer.”

(Related by Al-Bukhari).

އެއިރަކު ދަތްއުނގުޅާ ބުރުހެއް ނުގެންގުޅެއެވެ. ބޭނުންކުރަނީ ސިވާކް ދަނޑިއެވެ. ޒައިތޫނި ގަހުގެ ދަނޑިވެސް ބޭނުންކުރެއެވެ. ކޮޅުޗިސްކޮށްލުމުން ހީވާނީ ހަމަ ބުރުހެއްހެންނެވެ. ރަސޫލާ ﷺ ބޭނުންފުޅު ކުރެއްވެވީ ސިވާކް ދަނޑިއެވެ.  

މި ހަދީޘްފުޅުން އެނގޭ 2 ކަމެއް ވެއެވެ. ފުރަތަމަ ކަމަކީ މީސްތަކުންނަށް ތަކްލީފަކަށްވެދާނެ،  ބުރަ އުފުލަން ޖައްސަވަން ރަސޫލް ﷺ ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމެވެ. ދެވަނަ ކަމަކީ ކޮންމެ ނަމާދަކަށް ވުޟޫކުރުމުގެކުރިން ދަތް އުނގުޅުމަކީ އެކަމަކަށް ކިހައި ބޮޑަކަށް ބޭނުންފުޅުވެވަޑައިގެންނެވި ކަމެއް ކަމެވެ.

 ފަރުޟު ނަމާދުތަކަށް ވުޟޫކުރެއްވެވުމުގެ ކުރިން

ދަތްޕުޅު އުނގުޅުއްވެވުމުގެ އިތުރުން އަވަހާރަފުޅު ލެއްޕެވުމުގެ ކުރިންނާއި ދަމުނަމާދަށް ތެދުވެވަޑައިގަތުމަށްފަހުގައި އަދި އަވަހާރަފުޅުން ހޭފުޅު ލެއްވެވުމަށްފަހުގައި ވެސް ދަތްޕުޅު އުނގުޅުއްވެވިއެވެ. ވީމާ ކެރިކުޅަދާނަނަމަ ކޮންމެ ނަމާދަކަށްވެސް ވުޟޫކުރުމުގެކުރިން ދަތްއުނގުޅާސެވެ. އެއީ މަތިވެރިވެގެންވާ ސުންނަތެކެވެ.

ތިބާ ނަމާދަށް ހުންނައިރު މަލާއިކަތުން ތިބާގެ އަނގައިގެ ވަސް ބައްލަވަތެވެ. ވީމާ އަނގަތެރެ ސާފުކުރުމަކީ މީރުވަސްދުވާނެ ކަމެކެވެ. އަނގަ ސާފުކޮށް އަނގައިން މީރުވަސް ދުއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ބަޔާންކުރެވުނު ޙަދީޘްފުޅުން އެނގިގެންދެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން