މަރުވުމަށް އަލުން ދިރުން ދެއްވަވާ ގޮތާ އިބްރާހީމްގެފާނަށް ދެއްކެވި ގޮތް- ޤުރްއާނުން

ކިޔުމަށް ހޭދަވާނީ 5މ 29ސ
މަރުވުމަށް އަލުން ދިރުން ދެއްވަވާ ގޮތާ އިބްރާހީމްގެފާނަށް ދެއްކެވި ގޮތް- ޤުރްއާނުން

ޢާއިޝަތު ރަފާޙް ޢަލީ

 

މީސްތަކުންގެ އީމާންކަން ބަލިކަށިކުރުވަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ދުނިޔޭގެ ނިޞްބަތުން ބަލާއިރު މަރުވުމުން އެހިސާބުން ނިމުނީކަމަށް ޤަބޫލުކުރާ މީހުން ގިނައެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި މަރުވެ ހަށިގަނޑުފަނާވެ ކަށިތައް ވެއްޔަށް ވެގެންދިއުމުން ނުވަތަ ހަށިގަނޑު އަންދައިލުމުން އެމީހެއްގެ ކަންތައް އެނިމުނީއެވެ. ދެން ދިރުއްވެވުމެއް ނެތެވެ.  

މިފަދަ ވާހަކަތައް ދައްކާ މީހުންނަށް މިބަޔާންކުރާ އާޔަތް ފުދެއެވެ. 

އިބްރާހީމްގެފާނު އެކަލޭގެފާނުގެ ރައްބާ ދެމެދު ދެކެވުނު ވާހަކަ ﷲ ތަޢާލާ 260 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. 

وَإِذْ قَالَ إِبْرَاهِيمُ رَبِّ أَرِنِي كَيْفَ تُحْيِي الْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَٰكِن لِّيَطْمَئِنَّ قَلْبِي ۖ قَالَ فَخُذْ أَرْبَعَةً مِّنَ الطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ اجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا ۚ وَاعْلَمْ أَنَّ اللَّهَ عَزِيزٌ حَكِيمٌ ‎﴿٢٦٠﴾‏ 

މަނައީ: އަދި، إبراهيم ގެފާނު ދެންނެވިހިނދު ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ، މަރުވެފައިވާ ތަކެތި ދިރުއްވަނީ ކޮންފަދައަކުންކަން އިބަރަސްކަލާނގެ މިއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭގެފާނު إيمان ވެވަޑައި ނުގަންނަވަނީތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. ނޫނެކެވެ! (މިއަޅާވަނީ إيمان ވެގެންނެވެ.) އެހެނެއްކަމަކު، މިއަޅާގެ ހިތްހަމަޖެހި إطمئنان ކަން ލިބުމަށްޓަކައެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭގެފާނު، ހަތަރު ދޫންޏެއް، ހިއްޕަވާށެވެ! ދެން އެ އެއްޗެތި ކަލޭގެފާނުގެ ބާރުގެ ދަށަށް ގެންނަވައި، ކަތިލައްވައި، ކޮށްޓަވައި، މޮޑުއްވައި، އެކަތި އަނެކައްޗާ އެއްކުރައްވައި ހައްދަވާށެވެ! ދެން (ބައިކުރައްވައި) އެއިން ބައެއް ކޮންމެ ފަރުބަދަޔެއްގެ މައްޗަށް ލައްވާށެވެ! ދެން، އެ އެއްޗިއްސަށް ކަލޭގެފާނު ގޮވައިލައްވާށެވެ! އެހިނދު، އެ އެއްޗެތި ކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އަންނަ ހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެކަން ދަންނާށެވެ! (260) 

ﷲ ތަޢާލާ އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ފޮނުއްވެވިއެެވެ. ނަމަވެސް އެބައިމީހުން އިބްރާހީމް ޢަލައިހިއްސަލާމްގެ ދަޢުވަތު ޤަބޫލު ނުކުރިއެވެ. އަދި އިބްރާހީމްގެފާނު އެކަމަށް ކެތްތެރިވަޑައިގަތެވެ. އެހެންކަމުން އިބްރާހީމްގެފާނު ވެވަޑައިގެންނެވީ އުލުލް ޢަޒްމުގެ ވެރި ބޭކަލުންގެ ތެރެއިންނެވެ. 

ﷲ ތަޢާލާ އަޙްޤާފް ސޫރަތުގެ 35 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ ۚ بَلَاغٌ ۚ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ ‎﴿٣٥﴾‏

މާނައީ: "ފަހެ، رسول ންގެ ތެރެއިން ގަދަހިތްވަރުފުޅުގެވެރި رسول ން (އެބަހީ: أولوالعزم ގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް (عذاب) އަވަސްވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! އެއުރެންނަށް وعد ކުރައްވާ ކަންތައް (އެބަހީ: عذاب) އެއުރެން ދެކޭދުވަހު، ދުވާލަކުން އެންމެގަޑިޔެއްގެ އިރުވެސް، ދުނިޔޭގައި ލަސްވެ ތިބިބަޔަކު ކަމުގައި އެއުރެން ނުވާފަދައެވެ. (މިއީ) ސާފުގޮތުގައި އިއްވަވާ އިއްވެވުމެކެވެ. ފަހެ، فاسق ވިމީހުން މެނުވީ ހަލާކުވެގެން ނުދާނެތެވެ. (35)"

މިއަދު އޮންލައިން