ހިތް ކިތަންމެ ނުރުހުނަސް ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރަންޖެހޭނެކަން- ޢީދު ދުވަހު ކުރާ ޤުރްބާނީ ގުޅިފައިވާ އެންމެ މުހިންމު ފިލާވަޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
ހިތް ކިތަންމެ ނުރުހުނަސް ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރަންޖެހޭނެކަން- ޢީދު ދުވަހު ކުރާ ޤުރްބާނީ ގުޅިފައިވާ އެންމެ މުހިންމު ފިލާވަޅު!

ޢާއިޝަތު ރަފާޙް ޢަލީ

 

އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ދަރިކަލުންނާއި ދެއްކެވި ވާހަކަފުޅު ޞާފާތު ސޫރަތުގެ 99 ވަނަ އާޔަތުން 102 ވަނަ އާޔަތަށް ވަޙީ ކުރައްވާފައިވެއެވެ.

وَقَالَ إِنِّي ذَاهِبٌ إِلَىٰ رَبِّي سَيَهْدِينِ ‎﴿٩٩﴾‏ رَبِّ هَبْ لِي مِنَ الصَّالِحِينَ ‎﴿١٠٠﴾‏ فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ ‎﴿١٠١﴾‏ فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ ‎﴿١٠٢﴾‏

މާނައި: އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެން (މިތަނުން هجرة ކޮށް) ދާހުށީ އަހުރެންގެ ވެރިރަސްކަލާނގެ أمر ކުރެއްވި ތަނަށެވެ. އެކަލާނގެ އަހުރެންނަށް މަގު ދައްކަވާނެތެވެ. (99) އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް صالح ންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ! (100) ފަހެ، ތިމަންރަސްކަލާނގެ (އެކަލޭގެފާނުގެ دعاء އިޖާބަކުރައްވައި) حلم ވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރި خبر އެކަލޭގެފާނަށް ދެއްވީމެވެ. (101) ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ قربان ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް أمر ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. (102)

މިވާހަކަފުޅުތަކުން ލިބޭ ބައެއް ފިލާވަޅުތައް:

·  އިބްރާހީމްގެފާނު ދަރިކަލުންނާ އޯގާތެރިކޮށް ވާހަކަދެއްވުން

·  އިބްރާހީމްގެފާނު ﷲ ތަޢާލާއަށް ކިޔަމަންތެރިވެވަޑައިގަންނަވާ މިންވަރު

·  އިބްރާހީމްގެފާނުގެ ދަރިކަލުން އިބްރާހީމްގެފާނަށް ކިޔަމަންތެރިވެވަޑައިގަންނަވާ މިންވަރު

·  އިބްރާހީމްގެފާނާ ދަރިކަލުންގެކިބައިގަ ހުރި ކެތްތެރިކަން

މިއަދު އޮންލައިން