މައިންބަފައިންނަށް ޝުކުރުވެރިވުމަށް ﷲ ވަނީ އަންގަވާފަ! ކޮންމެ ނަމާދަކަށްފަހުގައިވެސް މައިންބަފައިންނަށްޓަކާ އެންމެ ކުޑަމިނުން މިވަރަށްނަމަވެސް ދުޢާކުރާށެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
މައިންބަފައިންނަށް ޝުކުރުވެރިވުމަށް ﷲ ވަނީ އަންގަވާފަ! ކޮންމެ ނަމާދަކަށްފަހުގައިވެސް މައިންބަފައިންނަށްޓަކާ އެންމެ ކުޑަމިނުން މިވަރަށްނަމަވެސް ދުޢާކުރާށެވެ!: ޝައިޚް އަބޫބަކުރު ޒައުދު

ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އެހެންވެ އަހުރެމެން ނަމާދަށް ފަށައިގަންނަނީވެސް "އަލްޙަމްދުލިﷲ ކިޔައި ﷲ ތަޢާލާއަށް ޙަމްދުކުރަމުންނެވެ. އެއީ ޝުކުރުވެރިވުމަށެވެ.  

އެވަރަކުން އަދި ނުފުދެއެވެ. މައިންބަފައިންނަށް ޝުކުރުވެރިވުމަށްވެސް ﷲ ތަޢާލާ ވަނީ އަންގަވާފައެވެ. އެންމެ ބޮޑެތި ޢިލްމްވެރިންވެސް ބަޔާންކުރައްވާ ގޮތުގައި މައިންބަފައިންނަށް ޝުކުރުވެރިވުމުގެ ގޮތުން ކޮންމެ ނަމާދަކަށްފަހުގައިވެސް ދުޢާކުރަންވާނެއެވެ. ވީމާ އެންމެ ކުޑަމިނުން މިވަރަށް ނަމަވެސް ދުޢާކުރަމުން ގެންދާށެވެ.  

رَبِّ اغْفِرْ لِي وَلِوَالِدَيَّ

"މާނައީ: އޭ އަޅަމެންގެ ވެރިއިލާޙް! މިއަޅާއަށާއި، އަދި މިއަޅާގެ މައިންބަފައިންނަށް ފާފަފުއްސަވާނދޭވެ!" 

މިދުޢާގައި ފުރަތަމަ އެއޮތީ ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުމަށެވެ. އެއީ އެކަންކުރަން އޮތް ގޮތެވެ. ރަސޫލްބޭކަލުންވެސް ޢަމަލުފުޅުކުރެއްވެވި ގޮތެވެ. މިދުޢާކުރުމުން އެންމެ ފައިދާހުރި ދެބޭނުން ފުދެއެވެ. އެއީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ދެންނެވުމާއި މައިންބަފައިންގެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދުމެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

މިއަދު އޮންލައިން