ބޮޑުއަގުދީފަ ގަނެގެން ޞިއްޙަތަށް އެންމެ ފައިދާހުރި ތަކެތި ކައިބޮއިހަދާއިރުވެސް އެކަމުން ޞިއްޙަތަށް ފައިދާނުކުރާ އަދި ބަނޑުބޮޑުނުވާ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 45ސ
ބޮޑުއަގުދީފަ ގަނެގެން ޞިއްޙަތަށް އެންމެ ފައިދާހުރި ތަކެތި ކައިބޮއިހަދާއިރުވެސް އެކަމުން ޞިއްޙަތަށް ފައިދާނުކުރާ އަދި ބަނޑުބޮޑުނުވާ ސަބަބު!

ޞިއްޙަތަށް އެންމެ ފައިދާހުރި ތަކެތި ގަނެގެން ކައިބޮއިހަދާއިރުވެސް ލިޔުންތަކުން ފެންނަ ފައިޑާ ނުކުރާ ސަބަބާއިމެދު ކުރެވޭ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

އަހުރެމެން ކައިބޮއި ހަދަނީ ﷲ ތަޢާލާ ދެއްވެވި ރިޒުޤެވެ. ވީމާ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކައިބޮއި ހެދުމަކީ ކުރަންޖެހޭނެ ކަމެއް ނަމަވެސް އެކަމުގައިވެސް އެބަފަރުވާކުޑަކުރެވެއެވެ. ކާން އިށީންނަނީ ފިކުރެއްގަެ މަތީގައި ހުރެއެވެ. އިށީނދެވުމާއިއެކު އިސްކަން ދެވޭ އެއްކަމަކީ ފޯނު ބަލައިލުމެވެ. މެސެޖެއް ނުވަތަ ކޯލެއް އައިސްފައިވޭތޯ ބަލައިލުމެވެ. ކާން ބޯން ފެށެނީ އެކަންކަމުގެ ފިކުރުމަތީގައި ހުރެއެވެ. ރިޒުޤް ދެއްވެވި ފަރާތް ހަނދުމަކުރުމުން ދުރުހެލިވެ ހުރެއެވެ.  

މިކަންކަމަކީ ވަރަށް ގިނައިން ފެންނަ ކަންކަމެވެ. މިއީ އިޞްލާޙުކުރަންޖެހިފައިވާ ކަމެކެވެ. ވިސްނައިލާށެވެ!  

ކާންފަށަމުން  بِسْمِ اللَّهِ ނުކިޔައި ކާންފަށައިފިނަމަ ތަށީގެ އަނެއްފަރާތުން ޝައިޠޯނާ ކާނެއެވެ. އެކަމުގެ ސަބަބުން ކިތަންމެ ގިނައިން ކެއި ނަމަވެސް ބަނޑުފުރުނުކަން އިޙްޞާޞް ނުކުރެވިދެއެވެ. އެހެންވެ ކާން ފެށުމުގެ ކުރިން  بِسْمِ اللَّهِ  ކިޔަން ރަސޫލް ﷺ ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ.  

ހަނދާން ނެތިގެން بِسْمِ اللَّهِ  ނުކިޔައި ކާންފެށިއްޖެނަމަ بِسْمِ اللَّهِ فِي أَوَّلِهِ وآخره ކިޔަންވެސް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.   

عن عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وسلم: (من نَسِيَ أَنْ يَذْكُرَ اللَّهَ فِي أَوَّلِ طَعَامِهِ، فَلْيَقُلْ حِينَ يَذْكُرُ: بِسْمِ اللَّهِ فِي أَوَّلِهِ وآخره، فإنه يستقبل طعاماً جَدِيدًا، وَيَمْنَعُ الْخَبِيثَ مَا كَانَ يُصِيبُ مِنْهُ) 

روى أبو داود (3767) ، والترمذي (1858) ، وابن ماجة (3264) عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ( إِذَا أَكَلَ أَحَدُكُمْ فَلْيَذْكُرِ اسْمَ اللَّهِ تَعَالَى، فَإِنْ نَسِيَ أَنْ يَذْكُرَ اسْمَ اللَّهِ تَعَالَى فِي أَوَّلِهِ فَلْيَقُلْ بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ) وصححه الألباني في " صحيح أبي داود ". وفي لفظ : ( بِسْمِ اللَّهِ فِي أَوَّلِهِ وَآخِرِهِ )

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން