އެއްވެސް މީހަކަށް ފުރައްސާރަކުރުމަކީ ފާފައެއް! މީހުން ލާފޭރާމަށް ފުރައްސާރަކުރާނަމަ މިފަދަ ލަދުވެތި ކަންކަންވެސް މެދުވެރިވަނީ މަދަކުން ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އެއްވެސް މީހަކަށް ފުރައްސާރަކުރުމަކީ ފާފައެއް! މީހުން ލާފޭރާމަށް ފުރައްސާރަކުރާނަމަ މިފަދަ ލަދުވެތި ކަންކަންވެސް މެދުވެރިވަނީ މަދަކުން ނޫން!

އަހުރެންގެ ވާހަކަ ފެށުމުގެ ކުރިން ކުޑަކުޑަ ޙާދިސާއެއް ކިޔައިދޭނަމެވެ.  

އެއީ ބަހުގައި ދަތުރުކުރި ބައެކެވެ. ކުރިމަތީގައި އިން އަންހެނަކު އާދައިގެ ފޭރާން ލައިގެން އިނީތީ ޙަޖޫޖަހައި ފުރައްސާރަކުރިއެވެ. ޒަމާނާ އެކަށީގެންވާފަދަ ފޭރާމެއްގައި ނެތުމުންނެވެ. ޢުމުރުން ދުވަސްވީ މީހުން ލައިއުޅޭފަދަ ފޭރާމެއް ލައިގެން ޒުވާން އަންހެނަކު އިނީތީއެވެ. ދަތުރުގައި ހޭދަވި ގަޑިއެއްހައިއިރުވެސް އެއަޑުތައް އިވުނެވެ. ނަމަވެސް އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ. ބަސްމަޑުކުރުމުން އެމީހުންނަށް ބަލައިވެސް ނުލައި ފައިބައިގެންދިއައީއެވެ.  

ބައިގަޑިއެއްހައިއިރު ފަހެވެ. ސީރިޔަސް ބަލިމީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކާ ކުރަންޖެހޭ އޮޕަރޭޝަންކުރަން ތިއޭޓަރަށް ވަންނަން ރަސްމީ ހެދުމުގައި އައީ އެމީހުން ފުރައްސާރަކުރި އަންހެންމީހާއެވެ. އެކަން ނުއެނގިތިބެ "ބައްލަވަ! ޑޮކްޓަރު! ކިޔަމުން އޭނާގެ ކުރިމައްޗަށް އެރުމުން އެއީ ކާކުކަން ވިސްނި ގަތްލަދުން އިތުރަށް އަނގައިންވެސް ބުނަން ނުކެރުނެވެ. ޑޮކްޓަރު ޢާދައިގެމަތިން ހިނިތުންވެލާފައި އެމީހުންނަށް ކެތްތެރިވުމަށް ހިތްވަރުދޡީފައި ތިއޭޓަރަށް ވަނީއެވެ.  

އެވަޤުތު އެމީހުން ދެއްކި ވާހަކަތައް އަޑުއިވުނު ނަރުހަކު އެމީހުންނަށް ކިޔައިދިނެވެ. "މިއަދަކީ ޑޮކްޓަރުގެ ޗުއްޓީ ދުވަހެވެ. ޕޭޝަންޓުގެ ޙާލުހުރި ގޮތުން އޭނާއަށް ނޫނީ އޮޕަރޭޝަން ނުކުރެވޭނެތީ ހޮސްޕިޓަލުން ގުޅިއިރު ކާރުއޮތީ ސާވިސްކުރަން ގަރާޖުގައެވެ. އެހެންވެ ޓެކްސީއަކަށް އިންތިޒާރުކުރުމުން ވަޤުތު ގެއްލޭނެތީ އެއައީ ބަހުގައެވެ. ބަހުގައި އެއައީ ހެދުން ބަދަލުކުރަންވެސް ވަޤުތު ނަގައިނުލަންވެގެން ގޭގައި ލައިގެންހުރި ހެދުމާއިއެކުގައެވެ. މިއީ ޚިދުމަތުގައި ނަމޫނާ ޑޮކްޓަރެކެވެ." ނަރުސްކުއްޖާގެ ވާހަކަތަކުގެ އަޑުއިވުމުން ވީދެރައިންނާއި ގަތްލަދުން އެ 3 އަންހެނުންނަށް ޖެހުނީ މޫނުގައި އަތްއަޅާށެވެ.  

މިފަދަ ކަންކަން އަބަދުވެސް މެދުވެރިވެއެވެ. އަހުރެން ބޮޑަށް ފާހަގަކުރަން ބޭނުންވަނީ ފުރައްސާރަކުރުމުން ﷲ ތަޢާލާ ދެއްވަވާނެ ޢަޛާބަށެވެ. ބައެއް މީހުން އެމީހުންނާއި އެއްވެސް ގުޅުމެއް ނެތް މީހުންގެ ކަންކަމަށްވެސް މަލާމާތްކޮށް ފުރައްސާރަކުރެއެވެ. މިއީ ކުރެވޭ ފާފައެކެވެ. ޙަރާމް ކަމެކެވެ. އަދިކީއްހެއްޔެވެ؟ ތިމާއާއި ގުޅުންހުރި މީހަކަށްވެސް އެފަދަ ބަސްތައް ބުނުމަކީ ފާފަވެރިވާނެ ކަމެކެވެ.  

އެންމެ ބޮޑަށް ވިސްނަންވީ ފުރައްސާރަކުރުމަކީވެސް އޭނާއަށް ޤިޔާމަތްދުވަހު ބަދަލުދޭންޖެހޭނެ ކަމެކެވެ. ވީމާ އެފަދަ ކަންކަން ނުކުޜާށެވެ! ކުރިން ކުރެވިފައިވާނަމަވެސް އެމީހެއްގެ ކިބައިން މާފަށް އެދޭށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން