ކީރިތި ޤުރްއާނުގައި "ޤުރްއާން" މިލަފުޒު ކިތަށްފަހަރު ލިޔެވިގެންވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ކީރިތި ޤުރްއާނުގައި "ޤުރްއާން" މިލަފުޒު ކިތަށްފަހަރު ލިޔެވިގެންވޭތަ؟

ކީރިތި ޤުރްއާނުގައި "ޤުރްއާން" މިލަފުޒު ކިތަށްފަހަރު ލިޔެވިގެންވޭތަ؟ 

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ކީރިތި ޤުރްއާނުގައި "ޤުރްއާން" މިލަފުޒު 70 ފަހަރު ލިޔެވިގެންވެއެވެ.  

ދަސްކުރާށެވެ!

ކީރިތި ޤުރްއާނުގައިވަނީ ވަނީ 30 ފޮތެވެ. 114 ސޫރަތެވެ. 6236 އާޔަތެވެ. 77432 ކަލިމައެވެ.  

ކީރިތި ޤުރްއާނުން މިއަދާއި ހަމައަށްވެސް ފެންނަން އޮތް އެންމެ ބޮޑު އެއް މުޢްޖިޒާތަކީ އެފޮތަށް އެއްވެސް ބަދަލެއް ނުގެނެވުނު ކަމެވެ. އަކުރެއް އަދި ފިއްޔަކަށްވެސް ބަދަލުނުގެނެވުނު ކަމެވެ. އެކަން ނުކުރެވޭނެކަމަށް ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވާފައި އޮތުމުންނެވެ.  

ދެވަނަ ކަމެއްގެ ގޮތުން އަހުރެން ފާހަގަކުރާނީ ޤުރްއާން ޤަބޫލުނުކުރާ މީހުން، ޤުރްއާނުގެ ޢަދާވާތްތެރިން ޤުރްއާނުން ކުށެއް ހޯދަން ފެށުނީންސުރެ (ބާވައިލެއްވެވުނީންސުރެ) ހުއްޓާނުލައި  މަސައްކަތްކުރަމުން އަންނައިރުވެސް އެންމެ ކުށެއްވެސް ނުދެއްކުނު ކަމެވެ. އެއީވެސް ކުރެވޭނެ ކަމެއް ނޫންކަން ޤުރްއާނުން އެނގެން އެބައޮތެވެ.  

މަޢުލޫމާތު: އަލްޖަޒީރާ

މީޑިއާ

 

- މިއަދުނޫސް

މިއަދު އޮންލައިން