ތިބާގެ މައްޗަށް ޝައިޠޯނެއް ފާކުރައްވަވައި އޭތި ތިބާއާ ވަކިނުވެ އެކުގަ އުޅުމުން ރައްކައުތެރިކަން ބޭނުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ތިބާގެ މައްޗަށް ޝައިޠޯނެއް ފާކުރައްވަވައި އޭތި ތިބާއާ ވަކިނުވެ އެކުގަ އުޅުމުން ރައްކައުތެރިކަން ބޭނުންހެއްޔެވެ؟

އަހުރެމެންގެ ތެރެއިން ބައެއް މީހުން މަގުފުރެދި ނުބައި ޢަމަލުތައް ކުރުން ގިނަވެގެންދެއެވެ. އަދި އެމީހުންގެ ނުބައިކަން އިތުރުވެ މީސްތަކުންނަށް މުޞީބާތަކަށްވެސް ވެގެންދެއެވެ. އެފަދަ ބަދަލުތައް އައުމުން މީސްތަކުން ކަންބޮޑުވެ ތަފާތު ވާހަކަތައްވެސް ދައްކައެވެ. ވިސްނާލަން އޮތީ އެންމެ ކަމަކަށެވެ. އެފަދަ ބަދަލެއް މީހަކަށް އަތުވެދާނެ ސަބަބަށެވެ. ކީރިތި ޤުރްއާނުގައި މާތް الله وحى ކުރައްވާފައިވެއެވެ: " وَمَنْ يَعْشُ عَنْ ذِكْرِ الرَّحْمَٰنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ" – الزخرف 36 މާނައި: "ރަޙްމާންވަންތަ ރަސްކަލާނގެ ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަންރަސްކަލާނގެ ޝައިޠާނެއް ފާކުރައްވާހުށީމެވެ. ފަހެ، ޝައިޠާނާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ." އޭނާއަށް ﷲ ތައާލާގެ މަތިން ހަނދުމަކުރުން މަދުކުރެވެނީއެވެ. މަދުކުރަމުން ގޮސް ހަނދުމަކުރުން ހުއްޓައިލެވެނީއެވެ. ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތްތަކަށް ވިސްނައި ޝުކުރުވެރިނުވެވެނީއެވެ. ހެޔޮ ޢަމަލުތައްކުރުމާއި ދުރުހެލިވެވެނީއެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި ނުބައި ޢަމަލުތައް ކުރެވެނީއެވެ. އެއިރުން އެމީހަކަށް އެވެވެނީ ﷲ ތަޢާލާ ހަނދުމަކުރުމަށް ކަނުވެގަންނަ މީހަކަށެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވޭ މީހާ މިބަޔާންކުރި މަގުން ކަންކަމެއް ނުކުރާނެއެވެ. ނުބައި ޢަމަލެއް ކުރެވުނުނަމަވެސް ދެރަވެ ހިތާމަކޮށް ތައުބާވުމަށް އަވަސްވެގަންނާނެއެވެ. އެމީހާގެ ޢަމަލުތަކުގެ ސަބަބުން އެމީހަކަށް ޝައިޠާނެއް ފާކުރައްވަވައިފިނަމަ ދެން ކަންކަންވާނެ ގޮތް ހިތަށް ގެންނާށެވެ. އެމީހަކަށް އޮންނާނީ ރަނގަޅު އެއްވެސް ކަމެއް ނުކުރެވިފައެވެ. ކުރެވޭނީ ނުބައި ޢަމަލުތަކެވެ. އެފަދަ މީހަކަށް ނަރަކައިން ސަލާމަތްވެވޭނީ ކިހިނަކުން ހެއްޔެވެ؟ މީސްތަކުންނޭވެ! ޤުރްއާން ކިޔަވާއިއރު މިފަދަ ކަންކަން ބަޔާންކުރައްވަވާފައިވާ އެތައް ބައިވަރު ޢާޔަތްތައް އެބަކިޔަވަމުއެވެ. މާނަނުކިޔާތީ ނުވިސްނެނީއެވެ. މާނަކީނަމަވެސް ފަރުވާކުޑަކޮށްލައިގެން ތިބެ ކިޔާތީ ހިތަށް ނަގައި ނުގަނެވެނީއެވެ. ވީމާ ފުންކޮށް ވިސްނައިގެން ޤުރްއާނުގެ މާނަކިޔުން ގިނަކުރާށެވެ! ހިތަށް ބިރުވެރިކަން ވަދެ ޢަމަލުތައް އިޞްލާޙްކުރެވޭނެއެވެ. އިން ޝާ ﷲ - އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން