ނަމާދުކުރާ ޢުމުރުގެ ފިރިހެންދަރިން މިސްކިތަށް ގެންދާ މައިންވެސް ތިބެއެވެ. މިސްކިތާއި ދުރުނަމަ ގޭގައި ދަރިން ގޮވައިގެން ނަމާދުކުރާ މައިންވެސް ތިބެއެވެ. އެހެންކަމުން ބައެއް ބެލެނިވެރިން ކުރައްވާ އެއް ސުވާލަކީ ފިރިހެން ދަރިފުޅުގެ ފަހަތުގަ މަންމަ އަށް ނަމާދުކުރެވޭނެތޯއެވެ؟ އިމާމަކަށްވާންޖެހޭނީ ކާކުތޯއެވެ؟
ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ފުރިހެން ދަރިފުޅަކީ 6، 7 އަހަރުގެ ކުއްޖެ ނަމަވެސް ދަރިފުޅަށް ޤުރްއާން ކިޔަވަން އެނގި ނަމާދު ކުރަން އެނގޭނަމަ ފިރިހެން ދަރިފުޅުގެ ފަހަތުގައި މައިމީހާއަށް ނަމާދުކުރެވޭނެއެވެ. އަދި އަންހެނުންނަށް ހުއްދަވެގެންވަނީވެސް ފިރިހެނުންގެ ފަހަތުގައި ނަމާދުކުރުމެވެ.
ގިނަ ކުދިން ތިބިނަމަ އެއިގެ ތެރެއިން އެންމެ ބޮޑަށް ޤުރްއާން އެނގޭ ކުއްޖާ އިމާމަކަށްހަދާށެވެ. ޙަދީޘްފުޅުގައި އޮތީ އެންމެ ބޮޑަށް ޤުރްޢާން އެނގޭ މީހަކު އިމާމަކަށް ހުރުމެވެ.
މިމައްސަލަ ކުރިމަތިވަނީ ކުދިން ބޮޑެތިވުމުންވެސް މިސްކިތައް ގެންދާނެ މީހަކު ނެތުމުން ގޭގައި ނަމާދުކުރަންޖެހޭ ޙާލަތުގައެވެ. އެންމެ ރަނގަޅު ގޮތަކީ ފިރިހެންކުދިން ނަމާދަށް މިސްކިތައް ގެންދިއުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް-:
https://islamqa.info/en/answers/9933/a-boy-leading-a-woman-in-prayer-and-vice-versa