ތިބާ ދުނިޔޭގަހުރެ ފަރުޟް 5 ނަމާދާ ސުންނަތް ނަމާދުތައް ކުރިނަމަވެސް ޤިޔާމަތް ދުވަހު ބޮޑު "ސުމެއް" ލިބިދާނެކަމަށް ބިރުގަނޭތަ؟ ނަމާދުތައް ތިއަކުރަނީ އެކަމަށް ވިސްނައިގެންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ތިބާ ދުނިޔޭގަހުރެ ފަރުޟް 5 ނަމާދާ ސުންނަތް
ނަމާދުތައް ކުރިނަމަވެސް ޤިޔާމަތް ދުވަހު ބޮޑު "ސުމެއް" ލިބިދާނެކަމަށް
ބިރުގަނޭތަ؟ ނަމާދުތައް ތިއަކުރަނީ އެކަމަށް ވިސްނައިގެންތަ؟

 

ދުވަސްތަކުގެ ތެރެއިން އެންމެ

މަތިވެރިކަންބޮޑުވެގްންވާ ޙައްޖު މަހުގެ ގުރަތަމަ 10 ދުވަސްވެސް ފާއިތުވެގެންދަނީއެވެ. ޢާންމު އުޞޫލުން ބައަކު ނަމާދަށް ކަންނެތްވި ނަމަވެސް ﷲ ތަޢާލާގެ ވާގިފުޅާއިއެކު އަދިވެސް ގިނަ ބައަކު މިގެންދަނީ ނަމާދުކުރަމުންނެވެ. ސުވާލަކީ މިކުރެވެނީ ނަމާދު ހެއްޔެވެ؟ މިކުރާ ގޮތަށް ނަމާދުކުރުމުން ނަމާދު ކުރިކަމުގެ ދަރުމަ ލިބޭނެ ހެއްޔެވެ؟  

މީސްތަކުންނޭވެ! ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ހަމައެކަނި ނަމާދުކުރުމަކަށް ނޫނެވެ. ނަމާދުކުރުމުގެ އަމުރުފުޅު ކީރިތި ޤްރްއާނުގައި އޮތުމުން ވާޖިބު އަދާކުރަން ނަމާދަކަށް ނަމާދެއް ކުރާ ގޮތަށް ނަމާދުކުރުމަކަށް ނޫނެވެ. ވަރަށް ސާފު ޢިބާރާތުން ޙަދީޘްފުޅު ކުރައްވަވާފައިވަނީ ތިމަން ރަސޫލާ (ﷺ) ނަމާދުކުރެއްވެވި ގޮތަށް ނަމާދުކުރުމަށެވެ. ޞަހާބީން މަސައްކަތްޕުޅު ކުރެއްވެވި ގޮތަށް ނަމާދުކުރުމަށެވެ. ތަވާޟުޢްވެރިކަމާއިއެކު ނަމާދުކުރުމަށެވެ. 

އެގޮތަށް ނަމާދުކުރުމަށްޓަކައި ނަމާދުކުރަން ފަށަމުން ކިޔާ ޙަރަމްބަން ތަކްބީރުން ފެށިގެން ނަމާދުކޮށް ނިމި ސަލާމް ދެންދެން މިކިޔާ ހުރިހާ އެއްޗެއްގެ މާނަ ހިތުދަސްކޮށް، ނަމާދުގައި ކިޔަމުން ގެންދާ ވަރަށް ހިތްމައްޗަށް ގެންނަންވާނެއެވެ.

ބައެއް މީހުން ނަމާދުކުރާއިރު ވީހައި ރީތި ރާގުތަކަށް ޢަލްޙަމްދު ކިޔަވަން މަސައްކަތްކުރެއެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް ވިސްނައިލަންވީ ކިތަންމެ ރީތި ރާގަކަށް އަލްހަމްދު ކިޔެވި ނަމަވެސް ކިޔާ އެއްޗެއްގެ މާނަ ހިތްމައްޗަށް ނުގެނެވޭނަމަ އެކަމުން ލިބެންޖެހޭ ފުރިހަމަ ފައިދާ ނުލިބޭނެ ކަމެވެ. ނަމާދު އެންމެފުރިހަމަ ނުވާނެ ކަމެވެ.

ދައުލަތަށް ދައްކަން ޖެހޭ ޓެކްސްގެ ޤާނޫނެއް މިއަދު ނުކުތް ނަމަވެސް އެ ޤާނޫނު ވަގުތުން ހިތުދަސް ކުރެއެވެ. އެއީ އެ ޤާނޫނުގެ ސަބަބުން ޖީބަށް ބާރުބޮޑުވާނެތީއެވެ. ޖުރުމަނާތަކެއް ދައްކަންޖެހިދާނެތީއެވެ.  

މީސްތަކުންނޭވެ! ނަމާދުގެ މުހިންމުކަން މާބޮޑެވެ. މަރުވެ ވަޅުލެވޭ ވަގުތުން ފެށިގެން އެމީހެއްގެ ހުރިހާ ކަމެއް ބިނާވެގެންދާނީ އެމީހާ ކުރި ނަމާދުގެ މައްޗަށެވެ. ކައްވަޅުގެ ޢަޛާބުން ސަލާމަތްވުމާއި ނަރައިގެ ގަދަފަދަ ޢަޛާބުން ސަލާމަތްވުމާއި ސުވަރުގެ ވަދެވުން އޮތީ އެމީހަކު ކުރި ނަމާދުގެ މައްޗަށެވެ. އަދި ކީއްހެއްޔެވެ؟ ކައްވަޅުގައި ކުރެވޭ 3 ސުވާލުގެ ޖަވާބު ދެވުންވެސް އޮތީ ހަމަ ނަމާދުގެ މައްޗަށެވެ.

 ވީމާ ވީހައި ފުރިހަމައަށް ނަމާދުކުރަން

މަސައްކަތްކުރާށެވެ! ފުރިހަމައަށް ނަމާދުކުރުމަށްޓަކައި މިބުނި ކަންތައްތަކަށް ސަމާލުކަން ދޭށެވެ. ނޫންނަމަ ކުރާ ހުރިހާ ނަމާދުތަކަކީ ނުކުރެވޭ ނަމާދުތަކަކަށްވުމުގެ ފުރުޞަތު އޮތްކަމަށް ބިރުވެތިވާށެވެ!

 

--މުފްތީ މެންކުގެ ދަރުސަކުން  

 

މިއަދު އޮންލައިން