ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޞުލްޙަވެރިކަމާއެކު ނިންމަން ބުރަވާ މީހާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ވަރަށް ބޮޑަށް ލިބިގެންދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޞުލްޙަވެރިކަމާއެކު ނިންމަން ބުރަވާ މީހާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ވަރަށް ބޮޑަށް ލިބިގެންދާނެ! އިން ޝާ ﷲ

ކުރިމަތިވާ މައްސަލައެއްގެ ސަބަބުން ދެމީހެއްގެ ގުޅުން ދުރުކުރަން އިސްލާމް ދީނުގައި ހުއްދަ މިންވަރަށް ދުރުކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެކަން އެގޮތަށް ކުރަން ޖެހޭނީ ދެން އެހެން ގޮތެއް ނެތިއްޖެ ނަމައެވެ. އިސްލާމް ދީނުގެ ހަމަތަކުގެ މަތީން ވަރިކުރުންވެސް ހުއްދައެވެ. ޚާއްޞަކޮށް ވަރިކުރަން ޖެހޭނީ ވަރި ނުކޮށް މައްސަލަ ހައްލުކުރެވޭނެ އިތުރު އެއްވެސް ގޮތެއް ނުފެނިއްޖެ ނަމައެވެ.  

އަބަދުވެސް ބުނާފަދައިން ކޮންމެ ދެމީހެއްގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. އަނބިން، ފިރިން، ދަރިން މައިން ބަފައިންގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. އަހަރެމެންނަށް އޮތީ މައްސަލަތައް ޙައްލު ކުރުމެވެ.  

ނިސާ ސޫރަތުގެ 128 ވަނަ ޢާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ "ޞުލްޙަ ވުން ހެޔޮކަން ބޮޑެވެ." މިފަދައިންނެވެ. މައްސަލަ ޖެހުނީ ދެ މީހެއްގެ މެދުގައި ނަމަވެސް އަދި ދެމަފިރިންގެ މެދުގައި ނަމަވެސް މައްސަލައެއް ޖެހިއްޖެ ނަމަ ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވަނީ ދެމީހުން ޞުލްޙަވުމަށެވެ. އަރާރުންވެ ހަމަނުޖެހުން ހިންގުމަކަށް ނޫނެވެ. ފިތުނަ ފަސާދަ އުފެއްދުމަކަށް ނޫނެވެ. ދެމަފިރިންނަމަ މައްސަލައެއް ކުރިމަތިވާއިރަށް އަވަހަށް ވަރިވުމަކަށްވެސް ނޫނެވެ. މައްސަލަ ޙައްލުކޮށް ގުޅުން ބަދަހިކުރުމަށެވެ.  

ޞުލްޙަވުމުގެ މަތިވެރިކަން ﷲ ތަޢާލާގެ ޙަޟްރަތުގައި މިހައި ބޮޑުވެގެން މިދަނީ އެކަމަކީ ދަތި އުނދަގޫކަމަކަށްވާތީއެވެ. ދަތި އުނދަގޫ ކަންކަން ކުރުމުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް އެތައް ގުނައަކަށް އިތުރު ކުރައްވަވައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން