ނިދީން ހޭލެވުމަކީ ލައްވަވާ ބޮޑުރަޙުމަތެކެވެ. މިފަދައިން ޢަމަލުކުރުމުން އެމީހަކަށް ފާފަތައް ފުއްސަވައި ދެއްވަވައި ރަހްމަތް ލައްވަވާނެތެވެ. ބޭނުންވާ ކަންކަމަށް އެދި ދުޢާކުރުމުން ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ
ގުޅުންހުރި ލިޔުން:
ރޭގަނޑު ނިދިން ހޭލައިފާ ކުރާ ދުޢާ:
(صحيح) عَنْ عُبَادَةُ بْنُ الصَّامِتِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((مَنْ تَعَارَّ مِنَ اللَّيْلِ فَقَالَ: لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ، ثُمَّ قَالَ اللَّهُمَّ اغْفِرْ لِي -أَوْ دَعَا- اسْتُجِيبَ لَهُ، فَإِنْ تَوَضَّأَ وَصَلَّى قُبِلَتْ صَلَاتُهُ.)) [رواه البخاري / كتاب: التهجد / باب: فضل من تعار من الليل فصلى / رقم: ١١٥٤]
ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޢުބާދާ ބުން އައްޞާމިޠު رضي الله عنه ރިވާކުރެއްވިއެވެ. "ރޭގަނޑު ހޭލާފައި،
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
(މާނައީ: ﷲމެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެއީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް ޝަރީކަކުނުވެއެވެ. ވެރިކަންވަނީ އެއިލާހަށެވެ. އަދި އެންމެހާ ޙަމްދެއްވެސް ވަނީ އެއިލާހަށެވެ. އަދި އެއިލާހު ކޮންމެ ކަމަކަށް ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އެންމެހާ ޙަމްދު ވަނީ ﷲއަށެވެ. އަދި ﷲ ހުސްޠާހިރުވަންތަވެވޮޑިގެންވެއެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އަދި ހުރިހާ އެއްޗަކަށްވުރެ ﷲ ބޮޑެވެ. އަދި ހެޔޮކަމެއްކުރުމުގެ ބާރެއް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް އެއިލާހު ޙަޟްރަތުން މެނުވީ ނުވެއެވެ.")
ދެން އެއަށްފަހު،
اللَّهُمَّ اغْفِرْ لِي
(މާނައީ: "އޭﷲ މިއަޅާއަށް ފާފަފުއްސަވާނދޭވެ.")
މިފަދައިން ބުނެފިމީހަކު ނުވަތަ ދުޢާކޮށްފިމީހަކު ދަންނައެވެ. އޭނާއަށް އިޖާބަކުރެވޭނެއެވެ. ފަހެ އޭނާ ވުޟޫކޮށްގެން ނަމާދުކޮށްފިނަމަ އޭނާގެ ނަމާދު ޤަބޫލުކުރެވޭނެއެވެ."
- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީގެ ބަސްފުޅަކުން