ނަމާދުގެ ޖަމާއަތެއްގަ ކުދިން ރުއިން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އިމާމަށް އޮތީ ނަމާދުކުރުކުރުމެވެ. ހަމައެފަދައިން ބެލެނިވެރިޔާއަށް އޮތީ ކުއްޖާ ހުއްޓުވުމެވެ. ޖަވާބު މިގެނެސްދެނީ ބައެއް މަންމައިން ކުރާ ސުވާލަކަށެވެ.
މައިމީހާ ކުޑަދަރިފުޅަކު ގޮވައިގެން މިސްކިތުގެ ޖަމާޢަތުގަ ނަމާދަށްހުއްޓާ ކުއްޖާ ބާރަށް ރޯންފަށައިފިނަމަ ހުއްޓުވަން ކުއްޖާ އުރާލުން ނުވަތަ ގާތްކޮށްލުން ފަދަ ކަމެއް މަންމަ ކޮށްފިނަމަ ނަމާދު ބާޠިލުވާނެތޯ؟
ޖަވާބު: ނުވާނެ!
އެޙާލަތުގަ ކުއްޖާ ނުހުއްޓުވިއްޖެނަމަ ރަނގަޅީ ނަމާދުދޫކޮށްލުންތޯ؟ ނޫނީ ނަމާދާއިގެން ކުރިއަށް ދިއުންތޯ؟
ޖަވާބު: ވަގުތު ތަންވަސް ވެގެންވާނަމަ އެމީހަކަށް އެންމެ ރަގަޅުވާނެ ކަމަށް ފެންނަގޮތަކަށް ކަންތައް ކުރީމަ ރަނގަލުވާނެ!
ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިމަޢުލޫމާތު ގެނެސްދިނީ މިފަދަ ޙާލަޔެއް މެދުވެރިވުމުން ޢަމަލުކުރަން އޮތް ގޮތް އޮޅުންފިލުވައިދިނުމަށެވެ. މިފަދަ ކަންކަމަކީ މެދުވެރިވަމުން އަންނަ އަދި މެދުވެރިވާނެވެސް ކަންކަމެވެ. ވީމާ އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ޢަމަލުކުރަން އޮތް ގޮތް އެނގުމަކީ ބޭނުންތެރި ކަމެއްކަމަށް ފެންނާތީއެވެ.