މަޝްހޫރު މީހުންގެ ސިފައާ ޢަމަލުތައް ކޮޕީކުރާ މީހުންނަށް ކައްވަޅުގަ ކުރެވޭ ސުވާލަށް ޖަވާބެއް ނުދެވޭނެ!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މަޝްހޫރު މީހުންގެ ސިފައާ ޢަމަލުތައް ކޮޕީކުރާ މީހުންނަށް ކައްވަޅުގަ ކުރެވޭ ސުވާލަށް ޖަވާބެއް ނުދެވޭނެ!: ޑރ. ޔާސިރު ޤާޟީ

މުސްލިމުންގެ ތެރެއިންވެސް އެތައް ބައަކު ކޮޕީކުރަމުން ގެންދަނީ ދުނިޔެއަށް މަޝްހޫރުވެފައިވާ މީހުންނެވެ. އެމީހުންގެ ސްޓައިލްތަކާ ލާދޭރާމެވެ. ބޮލުގެ އިސްތަށިގަނޑު ބަހައްޓާ ގޮތެވެ. މިހެންގޮސް ހުރިހާ ސިފަތަކެކެވެ. އެމީހުން ހީކުރަނީ އެއީ މައްސަލައެއް ނޫން ކަމަށެވެ. އެކަންކަން ކުރިޔަސް އޭނާއަށް މިހުރެވެނީ އިސްލާމް ދީނުގައި ކަމަށެވެ.  

އަހުރެން އެއްވެސް މީހަކު ދީނުން ބޭރުކޮށް އަދި އެތެރެކުރަނީއެއް ނޫނެވެ. ނަމަވެސް އަހުރެންނަށް އެނގޭ މިންވަރުގެ މައްޗަށް ބުރަވެ ބުނާނީ އެފަދަ މީހުންނަށް ކައްވަޅުގައި ކުރެވޭ ސުވާލަށް ޖަވާބުނުދެވޭނެ ކަމަށެވެ. ތިމާގެ ރަސޫލަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަކަން ބަޔާންކޮށް ނުބުނެވޭނެ ކަމަށެވެ.  

ސަބަބު ވަރަށް ސާފެވެ. އޭނާ ދުނިޔޭގައި އުޅުނީ ސުންނަތަކަށް ނޫނެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސިފަފުޅުތައް ކޮޕީކުރަން މަސައްކަތެއް ނުކުރެއެވެ. ކޮޕީކުރީ އިދިކޮޅު ކަންތައްތަކެކެވެ.  

ހަމައެގޮތަށް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢަމަލުނުކުރާ މީހަކަށް ތިމާގެ އިލާހަކީ ﷲ ތަޢާލާ ކަމަކަށް ނުބުނެވޭނެއެވެ. އިސްލާމްދީނަށް ޢަމަލުނުކުރާ މީހަކަށް ތިމާގެ ދީނަކީ އިސްލާމްދީން ކަމަކަށް ނުބުނެވޭނެއެވެ. ޢަމަލުނުކުރާ މީހަކަށް ކަލަކަށްވާނީ އެމީހާ ޢަމަލުކުރި ގޮތެވެ. އެމީހާގެ ދީނަކަށްވާނީ އެމީހަކު އުޅުނު ގޮތެވެ.  

ކައްވަޅުން ފެށިގެން ﷲ ތަޢާލާގެ ގަދަފަދަ ޢަޛާބަށް ކުރިމަތިލާން ބޭނުންނުވާ މީހުން މިކަންކަމަށް ސަމާލުކަންދީ ކައްވަޅުގައި ކުރެވޭނެ 3 ސުވާލަށް ޖަވާބުދެވޭނެ މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން  

- މިއަދުނޫސް

މިއަދު އޮންލައިން