މިއީ އަހުރެންނަށް ޑރ. މުޙައްމަދު އައްޝައިޚް ކިޔައިދެއްވި ވާހަކައެކެވެ. އޭނާއަކީ މަރުވުމުން މީހުންގެ ހަށިގަނޑު ބަލައި ޗެކުކޮށް މަރުވި ސަބަބު ދެނެގަތުމުގެ މަސައްކަތްކުރާ ޑޮކްޓަރެކެވެ.
އެއީ މިޞުރުގައި ފުލުހުންނާ ހިނގި ކުރިމަތިލުންތަކެއްގައި މަރުވި ބައެއްގެ މައްސަލަ ތަޙްޤީޤް އިތުރަށް ކުރިއަށް ގެންދަންވެގެން އެމީހުންގެ ޤަބުރުތައް އަލުން ބަލަން ނިންމައި ކުރިއަށް ގެންދިއަ ދުވަސްވަރެކެވެ.
އެގޮތުން ގުޅުންހުރި ހުރިހާ އިދާރާތަކެއް ގުޅިގެން ބަލަން ޖެހުނު އެކެއްގެ ސަންދޯއް ބެހެއްޓިފައިވާ ޗޭމްބަރުގެ ދޮރު ހުޅުވައިލުމާއިއެކު ދުވަންފެށީ އާދައާޚިލާފް މީރުވަހެކެވެ. ސަންދޯއް ހުޅުވައިލިއިރު ހަށިގަނޑަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ކަފުންވެސް ހީވަނީ ދެމް ލެއްވި ކަފުނެއް ހެންނެވެ. މޭމަތިން ލޭގެ އަސަރު ފެންނަން ހުއްޓެވެ. ޙައިރާންވާންޖެހުނު ކަމަކީ ލޭނުހިކޭކަމާއި ލޭގައި ތެތްކަން ހުރުމެވެ.
މައްޔިތާ އޮތީ ހިނިތުންވެގެންނެވެ. ނަމަވެސް މެއަށް ހެރިފައިވާ ވަޒަން ނަގަން އަތްލުމުން ހިނިތުންވުން ކެނޑިގެންދިއައެވެ. އެހިސާބުން އެކަން ހުއްޓައިލީއެވެ. އެއީ އެކަމުން އޭނާއަށް އުނދަގޫތަކެއްވާކަން ވިސްނުމުންނެވެ. އިތުރަށް ތަޙްޤީޤް ކުރިއަށް ނުގެންގޮސް އެހައިތަނަށް ފެނުނު ކަންކަމުގެ މައްޗަށް ރިޕޯޓް ލިޔެ ނިންމައިލީއެވެ.
އެޒުވާނާގެ ބައްޕަ ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ ކޮންމެ ކަމެއް ކުރިނަމަވެސް ﷲ ތަޢާލާއަށްޓަކައި ކުރާ ދަރިއެކެވެ. އަދި އަތުގައި މީހަކަށް ދޭނެ އެއްވެސް ނެތްނަމަވެސް ލޮންމެ ދުވަހަކުނަމަވެސް މީހަކަށް ކޮންމެވެސް އެއްޗެއް ޞަދަޤާތްކުރަމުން އައި ދަރިއެކެވެ.
ޝައިޚް ބުނި ގޮތުގައި މިއީ އޭނާއަށް މިފަދަ ކަމެއް ފެނުނު ފުރަތަމަ ފަހަރެވެ. އަދި ފެނުނު ޢަލާމާތްތަކުން އޭނާގެ ފުރާނަވަނީ ﷲ ތަޢާލާގެ ހެޔޮ ރަޙުމަތުގައި ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން މިފަދަ މަތިވެރި ނިޢުމަތަށް އެދިގެން ކުރަން އޮތް ކަންކަން އޭނާގެ ބައްޕަގެ ވާހަކައިން އެއޮތީ އެނޣޭށެވެ.
- ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން
--މިއަދުނޫސް