ފަށްކުރުމެއް!: އެސްފީނާ ނުވަތަ ސިޙުރު ޖެހުމުން ގިނަބައެއްގެ ކިބައިން ފެންނާނެ ބައެއް ޢަލާމާތްތަކާ ރައްކައުތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ފަށްކުރުމެއް!: އެސްފީނާ ނުވަތަ ސިޙުރު ޖެހުމުން ގިނަބައެއްގެ
ކިބައިން ފެންނާނެ ބައެއް ޢަލާމާތްތަކާ ރައްކައުތެރިވުމަށް ކުރެވިދާނެ ބައެއް
ކަންކަން!

ސިޙުރު ނުވަތަ އެސްފީނާ ޖެހުމުން ފެންނާނެ

ޢަލާމާތްތަކަކީ ކޮބައިތޯ؟ މިއީ ކޮންމެ ދުވަހަކުހެން ކިޔުންތެރިންގެ ފަރާތުން ކުރިމަތިވާ ސުވާލެކެވެ. އެއީ ސިޙުރާ އެސްފީނާގެ އުނދަގޫތައް ތަޙައްމަލުކުރަންޖެހޭ މީހުން ގިނަވާތީކަމަށް ޤަބޫލުކުރެއެވެ. އެހެންވެ އެހީތެރިވެދިނުމުގެ ގޮތުން  ތަކުރާރުކޮށްލާނަމެވެ.  

ސިޙުރު ނުވަތަ އެސްފީނާ ޖެހުމުން އެކި މީހުންނަށް ފެންނަ ޢަލާމާތްތައް ތަފާތުވާނެއެވެ. ވީމާ އެއީ އެހައި ފަސޭހައިން ދެނެގަނެވޭނެ ކަންކަމެއް ނޫނެވެ. އެމީހަކާއި ޖެހުނު މުޞީބާތަކާއިވެސް ޢަލާމާތްތައް ވަނީ ގުޅިފައެވެ. އެހެންކަމުން މިބަޔާންކުރަނީ ސިޙުރު ނުވަތަ އެސްފީނާ ޖެހުމުން ޢާންމުގޮތެއްގައި ގިނަބައެއްގެ ކިބައިން އެންމެ ފަސޭހައިން ފެންނާނެ ބައެއް ޢަލާމާތްތަކެވެ.  

1 ގިނަގިނައިން އާފުރުން-

2 އަޅުކަމެއް ކުރަން އުޅޭނަމަ އިތުރު ޚިޔާލުތައް ގިނަވުން

3 ހިތްބިރުގަތުން

4 ތުރުތުރުއެޅުން

5 ސަބަބެއް ނެތި ރޮވުން

6 މޫނު މިލުން

7 ބައްޔެއް ނެތި ކުއްލިއަކަށް މީހާ ހިކުން

8 ގިނައިރު އެކަނި އިންނަން ބޭނުންވުން

9 މީސްތަކުންގެ މެދުގައި އިންނަން އުނދަގޫވުން

10 ކާހިތްނުވުން

11 ބައިވެރިޔާއާއެކު އެއްދާންކުރާހިތް ނުވުން

12 މީސްތަކުން ބައިވެރިވާ ޖަމާޢަތްތަކުގަ ބައިވެރިވާން އުނދަގޫވުން  

13 ކުއްލިއަކަށް ގިނަ ބަލިތަކެއް ޖެހުން

14 ބޯއެނބުރުން

15 ކުރަން ފަށާ މަސައްކަތް ނިންމާހިތްނުވުން

16 ފަސޭހައިން ވަރުބަލިވުމާ ކަންނެތްވުން

17 ފަސޭހައިން / ގިނަގިނައިން ރުޅިއައުން

18 އަވަހަށް މަރުވާން އުޅޭކަމަށް ވިސްނެން ފެށުން

19 އަމިއްލައަށް މަރުވާން ވިސްނެން ފެށުން

20 މާޔޫސްވުން ގިނަވުން

21 ބައްޔަކާއިނުލާ ހޮޑުލެވުން

22 ބޮލުގެ އެއްފަޅިއެއްގައި ރިހުން  

މިހުރިހާ ކަންކަން އެކަކަށް ކުރިމަތިނުވެދާނެއެވެ. ކުރިން ބުނިފަދައިން އެކި މީހުންނަށް ފެންނާނީ އެކި ޢަލާމާތްތަކެވެ. ބައެއް މީހުންނަށް ގިނަ ޢަލާމާތްތަކެއްވެސް ފެނިދާނެއެވެ. މިއިން ޢަލާމާތެއް ފެންނަން ފަށައިފިނަމަ ފުރަތަމަ ޑޮކްޓަރަށް ދައްކައި ބައްޔެއް ހުރިތޯބަލާށެވެ. ބައްޔެއް ފެނިއްޖެނަމަ ބޭސްކުރާށެވެ.  

ހަމަ އެއާއިއެކު އަމިއްލައަށް ރުޤްޔާކުރަން ފަށާށެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔަވާށެވެ! ސުންނަތުން ސާބިތުވާ ދުޢާތައް ކުރަމުން ގެންދާށެވެ. އަމިއްލައަށް ކުރާ މަސައްކަތުން އެކަށިގެންވާ ކާމިޔާބެއް ލިބޭކަމަށް ޤަބޫލުނުކުރެވޭނަމަ ސުންނަތާއިއެއްގޮތަށް ރުޤްޔާކުރާ އިތުބާރު ހިފޭ މީހެއްގެ ލަފާ ހޯދާށެވެ.

އަދިވެސް ވަރަށް މުހިންމު ކަމެއް ބުނެފާނަމެވެ. އެއީ ބިސްމިﷲ ކިޔުން ގިނަކުރުމާއި ވީހާ ގިނައިރު ވުޟޫމަތީގައި ހުންނަން މަސައްކަތްކުރުމެވެ. ހަމައެއާއިއެކު ފަރުޟު ނަމާދުތަކަށް ރައްކައުތެރިވެ ސުންނަތް ނަމާދުކުރުން ގިނަކުރުމާއި ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ބަޤަރާ ސޫރަތް ކިޔެވުން ގިނަކުރާށެވެ! އެއީ އެންމެ މުހިންމު އެއްކަންތަކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން