ތިއަ ކަނބަލުން ފޭރާންލައިގެންތިބެ ލޯބިވެރިޔާގެ ކުރިމަތީގަ ބަރަހަނާ ވެވޭމައްސލައަށް ސަމާލުކަންނުދީ ރަނގަޅު ބައިވެރިއަކު ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ތިއަ ކަނބަލުން ފޭރާންލައިގެންތިބެ ލޯބިވެރިޔާގެ
ކުރިމަތީގަ ބަރަހަނާ ވެވޭމައްސލައަށް 
ސަމާލުކަންނުދީ ރަނގަޅު ބައިވެރިއަކު ނުލިބޭނެ!

 

 

އެމީހެއްގެ މާޒީގައި ކުށްތަކެއް ނުކުރެވޭ ހަމައެކަކުވެސް ނުހުންނާނެއެވެ. އެއީ ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެކެވެ. މާޒީން ކުރަން އޮތީ އެންމެ ބޭނުމެކެވެ. އެއީ ޢިބްރަތްލިބިގަނެ ގޯސްކޮށް ކުރެވުނު ކަންކަން ތަކުރާރު ނުކުރުމެވެ. ރަނގަޅު ދިރިއުޅުމެއް ލިބޭނީ މާޒީ، މާޒީގެ ގޮތުގައި ދޫކޮށްލައި މާޒީން ދަސްވި ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރެވުނު މީހަކަށެވެ.  

މިވާހަކަކޮޅު ޚާއްޞަ މިކުރަނީ ލޮބުވެތި ކަނބަލުންނަށެވެ. ފުރަތަމަވެސް މިބުނަނީ އަހުރެން ބުނާ ބަހެއް ނޫނެވެ. ތިއަ ކަނބަލުން ފަދަ އެތައް އަންހެނަކު ބުނެފައިވާ ވާހަކަކޮޅެކެވެ.  

ގިނަ ފިރިހެނުން ވާހަކަ ދައްކާނީ ވަކި ވަރަކަށެވެ. ފުރަތަމަ ފަރިކުރާނީއެވެ. ދެން ޝައުޤުވެރިކުރުވާނީއެވެ. ދެން ޙާޞިލްކުރަން ބޭނުންވާ ކަންތަކުގެ ވާހަކަ ބުނެފައި ނިންމައިލާނީއެވެ.  

ނަމަވެސް އަންހެނުން ތަފާތެވެ. ފަށާ ގޮތަށް ނިންމާކަށް ނުއެނގޭނެއެވެ. ވާހަކަތައް ކިޔައިދެމުން ގޮސް ކުރެވިފައި ހުންނަ ހުރިހާ ކަންކަން ކިޔައިދޭނެއެވެ. ކުރެވިފައި ހުންނަ ހުތުރު ކަންތައްތަކުގެ ވާހަކައިން ފެށިގެން ސްކޫލް ދައުރުގައި ފިރިހެން ކުއްޖަކު ކަތިގޮތަކަށް ބަލާލާފައި އޮތްނަމަ އެވާހަކަވެސް ކިޔައިދޭނެއެވެ. ފޭރާން ލައިގެންތިބެ ބަރަހަނާވުން ކަމަށް މިބުނަނީ މިވާހަކައެވެ. ތިމާ ސިއްރުކޮށް ހިފަހައްޓަންޖެހޭ ކަންކަން ބޭޒާރުކޮށްލުމަށެވެ. އެއީ ހަމަ ބަރަހަނާވުމެކެވެ.  

އެގޮތަށް އަމިއްލައަށް ބަރަހަނާވުމުގެ ނަތީޖާއަކަށްވަނީ އެއަޑުތައް އިވުމުން ހިތުގައި ނުބައި ޝައްކުތަކެއް އުފެދުމެވެ. ނުބައި ތުހުމަތުތަކެއް ކުރެވުމެވެ. ތިމާއަށް ތެދުވެރިވެދާނެ ކަމަށް ޤަބޫލުކުރަން އުނދަގޫވުމެވެ. އެންމެފަހުން ސީދާ ވަކިވަނީ ކަމަށް ނުބުނި ނަމަވެސް ޢަމަލުން ފެންނާނީ ވަކިވާތަނެވެ.  

މިގޮތަށް ކަންތައް ނުކޮށް ބޭކާރު ވާހަކަތައް ނުދައްކައި މުޅި މާޒީ ކިޔައިނުދީ ވާހަކަތައް މަދުކުރާ އަންހެނުންނަށް ލޯބިވެރިން ކާމިޔާބުކުރަން ފަސޭހަވެއެވެ. އެއީ ކުރިން މިބުނި ފަދަ މައްސަލަތައް ކުރިމަތިނުވާތީއެވެ. ނުބައި ތުހުމަތުތައް ކުރަން ފުރުޞަތު ނުދޭތީއެވެ. ކޮންމެހެން މާޒީ ރަނގަޅުވެގެނެއް ނޫނެވެ.  

ކުރިން ބުނިފަދައިން މިއީ ތަޖުރިބާކާރު އަންހެނަކު ބުނެފައިވާ ވާހަކަކޮޅެކެވެ. މިއަދުނޫހުގެ ކިޔުންތެރިން މިވާހަކަކޮޅަށް އެއްބަސްވަމު ހެއްޔެވެ؟  

--އަލަފް / މިއަދުނޫސް

މިއަދު އޮންލައިން