"އަޅުގަނޑުގެ އެކުވެރިޔާގެ ކައިވެންޏަށް 5 އަހަރެވެ. ފުރަތަމަ ލިބުނީ އަންހެން ދަރިއެކެވެ. އެދަރިފުޅަށް މިހާރު 3 އަހަރެވެ. މިހާރު އިނީ ދެވަނަ ދަރިފުޅަށް ބަލިވެއެވެ. ފިރިމީހާ ބުނަނީ މިފަހަރު އަންހެންދަރިއަކު ވިހައިފިނަމަ ވަރިކުރާނެ ކަމަށެވެ. އެހެންވެ އެކުވެރިޔާ އުޅެނީ ޖިންސް އެނގިދާނެތީ ބަލިވެގެން ކުރަންޖެހޭ ސްކޭންވެސް ނުކުރާށެވެ."
މިއީ ކިޔުންތެރިއެއްގެ ކަންބޮޑުވުމެކެވެ. ކިޔުންތެރިޔާ އެދިލައްވާފައިވަނީ އެކުވެރިޔާގެ ފިރިމީހާއަށް ވިސްނައިދެވޭނެ ގޮތެކެވެ. އެހެންވެ މިގެނެސްދެނީ ޙަދީޘްފުޅަކާއި ޢިބްރަތްތެރި ޙާދިށާއެއްގެ ވާހަކައެވެ. ވާހަކަ ބިނާކޮށްފައި އެވަނީ ޙަދީޘްފުޅަށެވެ.
އެފަދަ މީހުން ތިރީގައިވާ ލިޔުމަށާއި ޙަދީޘްފުޅަށް ވިސްނައިލާށެވެ!
މާތް ﷲ ހަމައެކަނި އަންހެން ދަރީން ދެއްވާފައިވާ މީހަކު ވިއެވެ. އޭނާގެ 6 އަންހެން ދަރީން ތިބެއެވެ. ހަތްވަނަ ކުއްޖަކަށް އޭނާގެ އަނބިމީހާ ބަލިވެ އިނެވެ. އޭނާ ފިރިހެން ދަރިއެއް ބޭނުން ވެފައިވާލެއް ބޮޑު ކަމުން ހިތަށް އެރިއެވެ. މިފަހަރު ފިރިހެން ކުއްޖެއް ނުލިބިއްޖެނަމަ އަނބިމީހާ ވަރިކުރާނަމެވެ.
ދެން އެރޭ ނިދާފައި އޮއްވާ ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ޤިޔާމަތް ވެގެން އުޅޭ ފަދައަކުން ފެނުނެވެ. ނަމަވެސް އޭނާ ގޮވައިގެން ނަރަކައިގެ ކޮންމެ ދޮރަކާއި ދިމާލަށް ދެވޭއިރު އެދޮރު ބައްދައިގެން އޭނާގެ އަންހެން ދަރިއަކު ހުރެއެވެ. އެގޮތަށް ނަރަކައިގެ ހަދޮރާއި ހަމައަށް ގެންދެވުނެވެ. ކޮންމެ ދޮރެއް ކައިރީގައިވެސް އެދޮރު ބެއްދުމަށްއޭނާގެ އަންހެން ދަރިއަކު ހުރެއެވެ. ދެން އޭނާ އަށް ހޭލެވިއްޖެއެވެ.
(ނަރަކައަކީ ހަތް ދޮރުކޮޅު ވާތަނެއް ކަމުގައި ކީރިތި ޤުރްއާނުގައި ސާބިތު ވެފައިވެއެވެ.) އެހެންކަމުން އޭނާއަށް ކުރެވުނު ގަޞްތުގެ ނުބައިކަން ވިސްނި، ތައުބާވިއެވެ. އަދި ހަތްވަނައަށްވެސް އަންހެން ކުއްޖަކު ދެއްވުމަށް ދުޢާ ކުރިއެވެ.
- އިޝްޙާޤް ޕެންޒީ
Aishah (May Allah be pleased with her) reported:
A woman came to me with her two daughters. She asked me (for charity) but she found nothing with me except one date-fruit, so I gave it to her.
She [accepted it and then] divided it between her two daughters and ate nothing out of it. Then, she got up and went out.
When the Messenger of Allah (pbuh) came in, and I narrated to him the story, he said,
“He who is tested with these girl children, and he is benevolent towards them, they will become protection for him against Hell fire“.
(Muslim)