ކަނބަލުންގެ ކުރިމަތިން ވައިބޭރުވާނީ ބައްޔަކުން! އެކަމަކުން ވުޟޫއެއް ނުގެއްލޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކަނބަލުންގެ ކުރިމަތިން ވައިބޭރުވާނީ ބައްޔަކުން!
އެކަމަކުން ވުޟޫއެއް ނުގެއްލޭނެ!

ބައެއް އަންހެނުންގެ ކުރިމަތިފަރާތުން އެކި

މިންވަރަށް ވައިބޭރުވެއެވެ. އެކަން އެހެންވުމުން ވުޟޫ ގެއްލޭނެތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ  ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީން ނިންމާފައިވަނީ އަންހެނާގެ ފަރުޖުން(ކުރިމަތީ ފަރާތުން) ވައި  ނުކުތުމަކީ ވުޟޫ ގެއްލޭ ކަމެއް ނޫންކަމަށެވެ. والله تعالى أعل 

އެހެނީ އެއީ އޭނާއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން މެދުވެރިވާ ކަމެކެވެ އަންހެނުންގެވެސް ފިރިހެނުންގެ ވެސް ވުޟޫ ގެއްލޭނީ ފުރަގަސްފަރާތުދޮރުން ވައިބޭރުވެއްޖެ ނަމައެވެ. ބަނޑުގައި އާދައާ ޚިލާފަށް ގޭސްހެދިގެން ނުވަތަ އެނޫންވެސް އެފަދަ ބައްޔެއްގެ ސަބަބުން ގިނަގިނައިން ވައިބޭރުވާނަމަ ކޮންމެ ނަމާދަކަށްވެސް ވުޟޫކުރާނީއެވެ. އެޙާލަތުގައިވާ މީހާ ވުޟޫކުރާފަހުން ނަމާދުނުނިމެނީސް ވައިބޭރުވިނަމަވެސް ނަމާދުކުރެވޭނެއެވެ.  

ގުޅުންހުރި ލިޔުން:

https://islamqa.info/ar/answers/2175/%D8%AE%D8%B1%D9%88%D8%AC-%D8%A7%D9%84%D8%B1%D9%8A%D8%AD-%D9%85%D9%86-%D9%82%D8%A8%D9%84-%D8%A7%D9%84%D9%85%D8%B1%D8%A7%D8%A9


ގުޅުންހުރި ލިޔުން 2:

 https://www.aliftaa.jo/QuestionEn.aspx?QuestionId=324#.YpJ3u6hBwhU

 

މިއަދު އޮންލައިން