ލޮބުވެތި އެކުވެރިންނޭވެ! ނަމާދުތައްކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމަކީ ވަކި ދުވަސްތަކެއްގައި ކުރާ ކަމަށް ނުހަދާށެވެ! އެއިރުން އެމީހަކީ ފުރިހަމަ ގޮތުގައި އީމާންވެގެން ހުރި މީހަކަށް ނުވެވޭނެއެވެ. ނަމަވެސް މިސްކިތްތަކުން މިފެންނަނީ ނަމާދުކުރަން ގިނަބައަކަށް ކަންނެތްވެވޭތަނެވެ. ކޮންފަދަ ހިތާމަހުރި ކަމެއް ހެއްޔެވެ؟
މުސްލިމެއްގެ ގޮތުގައި ދެމިހުރުމަކީ މަރުވުމާއި ހަމައަށް ކުރަންޖެހޭ ކަމެކެވެ. ވީމާ ހަމައެކަނި(ރަމަޟާން މަސް، ޙައްޖުމަހުގެ ފުރަތަމަ 9 ދުވަސް ފަދަ) ވަކިދުވަސްތަކެއްގައި މުސްލިމަކަށްވެލާފައި އެއިގެފަހުން މުސްލިމްކަން ދޫކޮށްލާ މީހުންނަކީ މުސްލިމުންނަކަށް ނުވާނެއެވެ.
ރަމަޟާން މަހަކީ މަސައްކަތްތައް ލުއިކޮށް، ވީހާގިނަ ހެޔޮ އަމަލުކުރަން ތައްޔާރުވެގެން ތިބޭ މަހަކަށްވުމުން ރަމަޟާން މަހު ކުރެވޭ އަޅުކަމުގެ ޢަދަދު ގިނަވުމާއި ރަމަޟާން މަސް ދިއުމުން ފަރުޟު ނަމާދުތައް ނުކުރުމާއި މިއީ މުޅިން ތަފާތު ދެކަމެކެވެ.
ދުނިޔޭގައި ހުރެވޭހައި ދުވަހަކު ނަމާދަށް ރައްކައުތެރިވާން ޖެހޭނެއެވެ. ޚާއްޞަކޮށް ފަރުޟު ނަމާދުތައް ޤަވާއިދުން ކުރަންވާނެއެވެ. އަޅާއާއި ކާފިރުކަމާއި ދެމެދުގައި އޮތީ ނަމާދު އެޅުންކަން ޙަދީޘްފުޅުން އެނގެން އޮތަތީއެވެ.
"ޤަޞްދުގައި ނަމާދު އަޅައިފި މީހަކީ ދީނުން ބޭރުވެފައިވާ މީހެކެވެ. އެމީހާ އަލުން ދީނަށް ވަންނަން ހަދާނީ ކިހިނެއްތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "ޝަހާދަތް ކިޔައި އިސްލާމްވާނީ" ކަމަށެވެ.
ޝައިޚް އާދަމް ޝަމީމް ވިދާޅުވެފައިވެއެވެ. "ނަމާދު އެޅުމަކީ ކަނޑައެޅިގެން ކާފިރުންގެ ސިފައެކެވެ. މުޝްރިކުންގެ ސިފައެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ މުޝްރިކުންނާއި ތިއަބައި މީހުން އެއްގޮތް ނުވުމަށެވެ. ނަމާދު ނުއެޅުމަށެވެ."
Prophet Muhammad (SallAllah-u-Alaihi-wa-Sallam) said: The difference between us and them (Kuffar/Non-Muslims) is that of salaah so whoever abandons salaah certainly commits kufr. (Tirmidhi, kitab ul Iman, Declared Sahih by Imam Tirmidhi, Imam Nasai and Allama Iraqi, Minhaaj ul Muslimeen pg.80)
Prophet Muhammad (SallAllah-u-Alaihi-wa-Sallam) said: The difference between a slave (Muslim) and shirk is the abandoning of salaah. When he leaves salaah, he commits shirk. (Ibn Maja, Sahih Jami ul Sagheer part 2 pg 95, Sanad: Sahih, Minhaaj ul Muslimeen pg. 80)
From the above ahadith it is clear that leaving of salaah is kufr and shirk, it should be known:
މިޙަދީޘްފުޅުން އެނގެނީ ނަމާދު އެޅުމަކީ ޝިރުކުގެ އަމަލެއް ކަމެވެ. ވީމާ ނަމާދު އެޅުމަކީ ކިހައި ބިރުވެރި އަމަލެއްކަން އެނގިގެން އެބަދެއެވެ.
ތައުބާ ސޫރަތުގެ 11 ވަނަ އާޔަތުގެ މާނަ: " ފަހެ، އެއުރެން ތައުބާވެ ވެ، ނަމާދު ޤާއިމްކޮށް، ޒަކާތް ދީފިނަމަ، ފަހެ، އެއުރެންނަކީ، ދީނުގައި ތިޔަބައިމީހުންގެ އަޚުންނެވެ. އެނގޭބަޔަކަށް ތިމަންރަސްކަލާނގެ އާޔަތްތައް ތަފްޞީލްކޮށްދެއްވަމެވެ."
- މިއަދުނޫސް