މީހާއަށް އަންނަ ބަދަލުތަކާ ގުޅިގެން އެއީ ސިޙުރެއް ނުވަތަ ޖިންނިއެއްގެ ސަބަބުން މެދުވެރިވާ ކަމެއްކަން އަމިއްލައަށްވެސް ދެނެގަނެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
މީހާއަށް އަންނަ ބަދަލުތަކާ ގުޅިގެން އެއީ ސިޙުރެއް ނުވަތަ ޖިންނިއެއްގެ ސަބަބުން މެދުވެރިވާ ކަމެއްކަން އަމިއްލައަށްވެސް ދެނެގަނެވިދާނެ!

ޢާންމު ދިރިއުޅުމެއްގައި އުޅެމުންދަނިކޮށް ކުއްލިއަކަށް މީހާ ވަރުބަލިވާން ފެށުން، ހިތްނުތަނަވަސްވުން، ހާސްވެ ކަންބޮޑުވުން، ހިތްބިރުގަތުން، ތަނަކަށް ތަދުވާތީ ޑޮކްޓަރަށް ދެއްކުމުން ދޭ ބޭހުން އަސަރެއް ނުކުރުން ފަދަ ޙާލަތު މެދުވެރިވެއެވެ.  

މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ކޮޓަރީގައި އެކަނިވެލާށެވެ! އަދި ސިޙުރު ނުވަތަ އެސްފީނާ ޖެހިފައިވާކަން ދެނެގަންނަން ރުޤްޔާ ކުރާ މީހުން ކިޔަވާ އާޔަތްތައް އަޑުއަހައިލާށެވެ. ރަނގަޅީ ހެޑްފޯނެއް ފަދަ އެއްޗެއް ބޭނުންކޮށްގެން އަޑުއެހުމެވެ. އެއިރުން ކުރާ އަސަރު ބޮޑުވާނެތީއެވެ.  

މިގޮތަށް އަޑުއަހަން ފެށުމުން އުނދަގޫތަކެއްވާނަމަ ހުއްޓައލާށެވެ. ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން ހޯދާށެވެ. އުނދަގޫތަކެއް ނުވެއްޖެނަމަ އަންގައިދެނީ އެފަދަ ކަމެއް ނެތްކަމެވެ.  

އަހުރެން މިވާހަކަކޮޅު މިބުނީ ސިޙުރު ނުވަތަ އެސްފީނާގެ އުނދަގުލެއް ނެތިވެސް ބައެއް މީހުން ޝައްކުގެ މައްޗަށް ރުޤްޔާކުރާ މީހުންގެ ގާތަށް ގޮސް ބޮޑެތި ޚަރަދުތައްކުރާތީއެވެ. އަނެއް ބައަކު މައްސަލަ ދެނެގަތުމަކީ ބޮޑުކަމެއް ކަމަށް ދެކެގެން ބޮޑުވަރުވެގެންދާއިރުވެސް އަޅާނުލައި ތިބޭތީއެވެ.  

 

- މަޢުލޫމާތު: ސިޙުރާ އެސްފިނާއިން ސަލާމަތްވެ ތިބެމާ

މިއަދު އޮންލައިން