އޮފީހުގެ މާޙަލުން ބައްދަލުވާ ކުދިންތަކުގެ އަސަރުން ސަލާމަތްވެ އުފާވެރި ދިރިއުޅުމެއް ހޯދުމަށް ދެމަފިރިންވެސް މިކަންކަމަށް ސަމާލުކަންދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އޮފީހުގެ މާޙަލުން ބައްދަލުވާ ކުދިންތަކުގެ އަސަރުން ސަލާމަތްވެ އުފާވެރި ދިރިއުޅުމެއް ހޯދުމަށް ދެމަފިރިންވެސް މިކަންކަމަށް ސަމާލުކަންދޭށެވެ!

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ދެމަފަރިން އެކުގައި ވަޒީފާއަދާކުރާ ޢާއިލާތައް ވަރަށް ގިނައެވެ. ވަޒީފާގެ މާޙައުލުގައި އުޅޭއިރު ކޮންމެ މީހަކަށްވެސް ކަޅިއަޅާބައަކު ތިބޭނެއެވެ. ދެމަފިރިންކުރެ ކޮންމެ މީހަކަށްވެސް ކަޅިއަޅާބައަކު ތިބޭނެއެވެ.  

ޚާއްޞަކޮށް އެމީހަކު ރަނގަޅު، ތަޤްވާވެރި، އުފާވެރި ދިރިއުޅުމެއް އުޅޭނަމަ ކަޅިއަޅާނެ މީހުން ގިނަވާނެއެވެ. ދެމްފިރިން ލޯބިން އުފަލުގަ އުޅޭކަން އެނގޭނަމަ އަންނަ ޙަމަލާތައް ގިނަވާނެއެވެ. ކޮލުދަތް ފެންނަވަރަށް ހިނިތުންވާ ބައަކުވެސް އުޅޭނެއެވެ.  

މިކަންކަން ކޮންމެ ދެމަފިރިއަކުވެސް ޤަބޫލުކުރަންވާނެއެވެ. އަދި އެކަންކަމަށް ވިސްނައި ސަމާލުކަންދޭންވެސް ޖެހޭނެއެވެ. ދެން އުފެދޭނެ ސުވާލަކީ އެކަންކަމަށް ސަމާލުކަންދޭން ކުރެވޭނީ ނުވަތަ ކުރަން އޮތީ ކޮންކަމެއް ހެއްޔެވެ؟  

ސުވާލުގެ ޖަވާބަކީ މަސައްކަތް ނިމި ދެމަފިރިން ގެއިން ބައްދަލުވުމުން ހިނިތުންވާށެވެ! އެކަކު އަނެކަކަށް އަޅައިލާކަން ޢަމަލުތަކުން ދައްކައިދޭށެވެ. ގޭގައިލާ ހެދުމެއް ލައިގެން ގޭގައި އުޅުނު ނަމަވެސް ފެންވަރައި ސާފުތާހިރުވެ ގައިން މީރުވަސް ދުއްވައިގެން ތިބޭށެވެ. ދެމީހުންވެސް މިތިބީ ހަމަ ފުރަތަމަ ދުވަސްފަދައިން އެކަކު އަނެކަކަށްޓަކައިކަން ޢަމަލުތަކުން އަންގައިދޭށެވެ.

މިކަންކމުގައި ދެމަފިރިންކުރެ އެކަކުވެސް އިހްމާލްވާނަމަ މައްސަލަތައް ޖެހުން އޮންނާނީ ދާދި ގާތުގައެވެ. ފޫހިކަން އުފެދި ކައިވެނި ރޫޅުމާއި ގާތަށް ކަންކަން ދިއުންވެސް އޮންނާނީ ހަމަ ދާދި ގާތުގައެވެ. އަދި މިބަޔާންކުރި މަގުން ކަންކަން ކުރާނަމަ ކައިވެނީގެ ގުޅުން ބަދަހިކަމާއިއެކު ދެމިއޮންނަކަން އެއީ އެންމެންނަށްވެސް ކުރެވޭ ތަޖުރިބާއެކެވެ. 

 

- އުސްތާޛާ ހީނާ ޚާން މުޚްތާރުގެ ވާހަކަފުޅަކުން

މިއަދު އޮންލައިން