އެކުވެރިންގެ ތެރޭގައި ތިބި ރޭއަޅުކަންކުރާ މަދު މީހުންކޮޅާއެކު ވަޤުތު ހޭދަނުކޮށް ތަޤްވާވެރިކަން އިތުރުކުރެވޭނެ ކަމަށް ހީވެސްނުކުރާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އެކުވެރިންގެ ތެރޭގައި ތިބި ރޭއަޅުކަންކުރާ މަދު މީހުންކޮޅާއެކު ވަޤުތު ހޭދަނުކޮށް ތަޤްވާވެރިކަން އިތުރުކުރެވޭނެ ކަމަށް ހީވެސްނުކުރާތި!

ކޮންމެ މީހެއްގެވެސް އެކުވެރިންތަކެއް ތިބޭނެއެވެ.

މިހާރަށް ބަލައިފިނަމަ ތަޤްވާވެރިން މަދެވެ. އަދި ޜޭއަޅުކަންކުރާ މީހުން ވަރަށް މަދެވެ. އަދި ގިނަ ބައަކަށް އެންމެ ބޮޑަށް އިހުމާލުވެވެނީވެސް ތަޤްވާވެރި، ރޭއަޅުކަންކުރާ އެކުވެރިންނާއި ބައްދަލުކޮށް އެކުގައި ވަޤުތު ހޭދަކުރުމަށެވެ.  

ސަބަބުތައް ބައިވަރެވެ. އެމީހުން ދައްކާނީ ދިރިއުޅުމަށް ފައިދާހުރި ވާހަކަތަކެވެ. ތަޤްވާވެރިކަން އިތުރުކުރުމުގެ ވާހަކަތަކެކެވެ. ދުނިޔަވީ އުފާކުރުންތަކުގެ ވާހަކަ ދައްކާނީ ވަރަށް މަދުންނެވެ. ނަޞީޙަތްދޭނީ ހެޔޮޢަމަލުތައް ކުރުން ގިނަކުރުމަށެވެ. ބައިވެރިޔާއަށް ވަފާތެރިވެ ހެޔޮލަފާ ދިރިއުޅުމެއް އުޅުމުގެ ވާހަކައެވެ.  

އެމީހުންގެ އީމާންކަން ކުޑަވާތީ، ނުވަތަ އެއް މިނެއްގައި ނުހިފެހެއްޓޭތީ ގިނަ ބައަކު ކައުންސިލިންގ ހޯދައެވެ. އެމީހުންނާއި އަހުރެން ސުވާލެއް ކުރަމެވެ. އެސުވާލަކީ ތިބާގެ ފޯނުގައި ކިތައް އެކުވެރިންގެ ނަންބަރު ސޭވްކުރެވިފައިވޭތޯއެވެ؟ ޖަވާބުގައި 500 ނަންބަރުކަމަށް ބުނެފާނެއެވެ.  

ދެން އަހުރެން ކުރާ ސުވާލަކީ އެއިގެ ތެރޭގައި ފަރުޟު 5 ނަމާދާއި ސުންނަތް ނަމާދުތަކަށް ރައްކައުތެރިވެ، ރޭއަޅުކަންކޮށް، ޛިކުރުކުރާ ކިތައް މީހުން ހިމެނޭތޯއެވެ؟ ޖަވާބުގައި ބުނަނީ އެންމެ 2،3 މީހުން ކަމަށެވެ.  

ދެން އަހުރެން ކުރާ ސުވާލަކީ އެ 2،3 މީހުންނާއި ބައްދަލުކޮށް ވާހަކަދައްކައި ހަދަނީ ކިތައް ދުވަހުންތޯއެވެ؟ ޖަވާބުގައި ގިނައިން ބުނެފައި ހުރީ އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް ކަމަށެވެ.  

މީސްތަކުންނޭވެ! އީމާންކަން ކުޑަވާ އެއް ސަބަބަކީ މިއީއެވެ. ހެޔޮލަފާ މީހުންނާއި ގުޅުން ނުބޭއްވޭކަމެވެ. އެމީހުންނާއިއެކުގައި ވަޤުތު ހޭދަނުކުރެވޭކަމެވެ. ދީނުގެ ކަންކަމަށް ވާހަކަދައްކައި އީމާންކަން ތާޒާކުރަން މަސައްކަތް ނުކުރެވޭކަމެވެ.  

ޞަޙާބީން އެމީހުންގެ އީމާންކަން ނަގަހއްޓަން އެންމެ ގިނައިން ކުރައްވައި އުޅުއްވެވި އެއްކަމަކީ ގިނަގިނައިން ދީނުގެ ވާހަކަތައް ދައްކަވައި އުޅުއްވެވުމެވެ. ވީމާ އަހުރެމެންވެސް އަހުރެމެންގެ އީމާންކަން ނަގަހައްޓަން ބޭނުންވާނަމަ އެކަންކުރަންޖެހޭނެއެވެ. ތަޤްވާވެރިން ނޫން މީހުންނާއި ދުރުހެލިވާންޖެހޭނެއެވެ. ތަޤްވާވެރިކަމުގައި ޘާބިތުވެހުރެވޭނީ އެއިރުންނެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން