ތިބާގެ ހިތުގައި ފާޙިޝް ޖަޒުބާތުތައް އުފައްދުވާ މެސެޖްތަކާ ފޮޓޯތަކަކީ ލޯތްބެއް ނޫން! އެއީ ލޯބިވެގެން ކުރަންޖެހޭ ކަންކަމެއް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ތިބާގެ ހިތުގައި ފާޙިޝް ޖަޒުބާތުތައް އުފައްދުވާ
މެސެޖްތަކާ ފޮޓޯތަކަކީ ލޯތްބެއް ނޫން! އެއީ ލޯބިވެގެން ކުރަންޖެހޭ ކަންކަމެއް
ނޫން!: މުފްތީ މެންކް

ތިބާގެ ހިތުގައި ފާޙިޝް ކަންކަން ކުރަން ޖަޒުބާތު

އުފައްދުވާ މެސެޖްތަކާއި ފޮޓޯ ތަކަށް ސަމާލުވާށެވެ! ފާފައެއް ކުރަން ހިތްވަރުދިނުމަކީ ލޯބިވެގެން ކުރަން އޮތްކަމެއް ނޫނެވެ. ޢަމުދުން ފާފައެއް ކުރުމަކީ ލޯބިވާނަމަ ކޮށްގެންވާނެ ކަމެއް ނޫނެވެ.

ލޯތްބަކީ އަދި ލޯބިވުމަކީ މާމަތިވެރިކަމެކެވެ. ލޯބީގެ މަޤްޞަދަކަށްވާންޖެހޭނީ ހިތުގެ ޠޯހިރުކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. ނޫންނަމަ އެވެވެނީ ލޯތްބެއް ނޫނެވެ. އެއީ އަނިޔާވެރިކަމެވެ. ލޯބީގެ ނަމުގައި އަނެކާއަށް އަނިޔާވެރިވުމެވެ.

 ވިސްނާށެވެ! ރޭގަނޑު ހޭލާ ތިބެގެން ގިނަ ބައަކު

ވާހަކަދައްކައެވެ. ވަޢުދުތައްވެއެވެ. ހެނދުނު ހޭލެވޭއިރު ހަނދާނެއް ނުހުރެއެވެ. ޢަމަލުކުރެވެނީ ދެއްކި ވާހަކަތަކާ ދިމާ އިދިކޮޅަށެވެ. ވަފާތެރިވާން ވީވަޢުދުތަކުގެ ހަނދާންވެސް ނުހުރެއެވެ. އެއީ އެވާހަކަތައް ދައްކަނީ ލޯބިވެގެންކަމަށްނުވާތީއެވެ.

މިއަދު މިފެންނަނީ ތިމާއަށް މޮޅުވާނެ ގޮތެއް ވިސްނޭއިރަށް އެދިމާއަށް ދީލައިލެވޭތަނެވެ. އަނެކާއަށް ތަކްލީފެއް ކުރިމަތިވާއިރަށް ދުރަށްދެވޭ ތަނެވެ. އެންމެ ކުޑަމިނުން ބަލިވިޔަސް ފޫހިވާތަނެވެ. އެއީ ލޯބިނުވެވޭތީއެވެ. ވީމާ އަހުރެމެން މިކަންކަމަށް ވިސްނަން އެބަޖެހެއެވެ. ލޯތްބަކީ ކޮބައިކަން ދަސްކުރަން އެބަޖެހެއެވެ.  

ވީމާ ކޮންމެ މީހަކު ބުނާހާ ވާހަކަތަކީ ލޯބިވެގެން ބުނާ ވާހަކަތަކެއް ކަމަށް ޤަބޫލުނުކުރާށެވެ. ކޮންމެ ގުޅުމަކީ ލޯބީގެ ގުޅުމެއް ކަމަށްވެސް ހީނުކުރާށެވެ! އަނެކާ ތިމާށދެކެ ލޯބިވާކަމަށް ޤަބޫލުކުރަންވާނީ މިބުނި ހުރިހާ ކަމަކަށް ރަނގަޅަށް ވިސްނައިގެންނެވެ. ނޫންނަމަ ޖެހެވޭނީ މަކަރުވެރިއެއްގެ ދަލުގައެވެ.

 

--މުފްތީ މެންކުގެ ދަރުސަކުން

 

--މިއަދުނޫސް

މިއަދު އޮންލައިން