ޙައްޖުމަހުގެ ފުރަތަމަ 10 ދުވަސް އައިސް ބައްދަލުކުރުމުން ބަލިޙާލުހުރި ގޮތުން ރޯދަހިފައި ސުންނަތް ނަމާދުތައް ކުރުން ގިނަކުރެވެން ނެތް މީހުންވެސް އުޅެއެވެ. ޢަރަފާތު ދުވަހު ރޯދަހިފަންވެސް ކެރިކުލަދާނަނުވާ ބައަކު އުޅޭނެއެވެ.
އެމީހުންވެސް މާޔޫސްނުވާށެވެ! ތަކްބީރުކިޔުން ގިނަކުރާށެވެ! سبحان الله الحمد لله لا إلا إلا الله الله اكبرފަދަ މަތިވެރި ޛިކުރުތައް ކުރުން ގިނަކުރާށެވެ! ޚާއްޞަކޮށް މިދުވަސްތަކުގައި الحمد لله لا إلا إلا الله ކިޔުން ގިނަކުރާށެވެ!
މިފަދަ ޛިކުރުތައް ކިޔާކަށް ވަކި ވަޤުތެއްވެސް ނެތެވެ. ކޮންމެ ވަޤުތަކުވެސް ކިޔަންވީއެވެ. އޮށޯވެ އޮވެގެންވެސް ކިޔަންވީއެވެ. އެފަހަރަކަށް ފަސޭހަ ޢަދަދަކަށް ކިޔަންވީއެވެ.
ޞަޙާބީން ދުވާލަކު 12000 ފަހަރު ޛިކުރު ކިޔުއްވަވާކަމަށް އަބޫހުރައިރާގެ ބަސްފުޅަކުން އެނގެން އެބައޮތެވެ.
--މަޢުލޫމާތު: ޝައިޚް މުޙައްމަދު ޙަސަންގެ ބަސްފުޅަކުން