އެއީ ދެލޯބިވެރިންނެވެ. ތަނަވަސްކަން ހުރީ އަންހެންމީހާގެއެވެ. ދެމީހުންގެ ކައިވެނިކުރަން ހަމަޖެހި ދުވަސް އައީ ގާތްވަމުންނެވެ. ދެމީހުން ބާޒާރުކޮށްލަން ނުކުމެ އުޅުނު ދުވަހެކެވެ. މަގުމަތިން ފެނުނު ސަލާންޖަހަން އިން ކުއްޖަކު ފެނުމުން އަންހެން މީހާ އުޅުނީ އޭނާއަށް ޞަދަޤާތެއް ކުރަން އޭނާއާއި ކައިރިވެލާށެވެ!
ފިރިހެން މީހާއަށް އެކަމަކަށް ނުރުހެވުނެވެ. ބުނީ އެގޮތަށް ތިބޭ ކުދިންގެ ގާތަށް ގޮސް އެހީތެރިވުމަކީ މަގުމަތީގައި ކުރަން ރަނގަޅު ކަމެއް ނޫންކަމަށެވެ. އެހެންބުނެފައި އަތުގައި ހިފެޖެއްޓިއެވެ. ނަމަވެސް އޭނާ އަތުން ވީއްލިގެން ގޮސް އެކުއްޖާއަށް ހެޔޮކޮށް ހިތައި ހިނިތުވެ ވާހަކަދައްކާލުމަށްފަހު ޞަދަޤާތެއް ކުރިއެވެ.
ގެއަށް ގޮސްފައި ލޯބިވެރިޔާއަށް ބުންޏެވެ. "ދެމީހުންގެ ކައިވެނިކުރެވުމުގެ ކުރިން ކަލޭގެ ޚަޞީލަތް އެނގުނުކަން އެއީ ލެއްވެވި ބޮޑު ރަޙުމަތެވެ. ނިކަމެތިންނަށް އެހީތެރިވުމަށް ނަފުރަތުކުރާނީ އިންށާނިއްޔަތުކަން ނެތް މީހުންނެވެ. އަމިއްލަ އެދުމުން ފުރިގެންވާ މީހުންނެވެ.
ކަލެއަސްވިސްނުނީ އަހުރެން އޭނާއަށް އެއްޗެއް ދީފިނަމަ އަހުރެންގެ އަތުން މަދުވެ ކަލެއަށް ޚަރަދުނުކުރެވިދާނެ ކަމާއިމެދުގައެވެ. މިހިރަ އަގުބޮޑު އެއްޗެތި ކަލެއަށް ގަނެދިންއިރު އަހުރެންގެ އަތުން މަދުވާނެވަރާއިމެދު ވިސްނައިނުލީ ކީއްވެގެން ހެއްޔެވެ؟ ވީމާ ކައިވެނިކުރުމުގެ ކަންތައް މިހިސާބުން ނިމުނީއެވެ. އަވަހަށް މިގެއިން ނުކުމެގެންދާށެވެ.
ލޮބުވެތި އެކުވެރިންނޭވެ! ނިކަމެތިންނަށް ހެޔޮކޮށްހިތުމަކީ ތަނަވަސްކަން އިތުރުކުރައްވަވާނެ ކަމެކެވެ. މަގުމަތީގައި އިން ސަލާންޖަހަން އިންކުއްޖަކަށް މަގުމަތިން އެހީތެރިނުވެ އެހީތެރިވެވޭނީ ކޮންގޮތަކުން ހެއްޔެވެ؟ އެކުއްޖާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އޮތް މިންވަރު އެނގޭނީ ކާކަށް ހެއްޔެވެ؟
ވީމާ މިފަދަ ޙާދިސާތަކުން ޢިބްރަތް ޙާޞިލުކުރާށެވެ! ނިކަމެތިންނަށް އެހީތެރިވެދޭށެވެ. އެހެން މީހަކު އެހީތެރިވުމަށް ހުރަސްނުއަޅާށެވެ! އެކަން ތިމާއާއި އަރައިހަަމކުރާނީ ކޮންގޮތަކުންކަން ނުވެސް އެނގޭނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން