ތެދުވެރި ލޯބިވެރިން މިހާރުވެސް އެބައުޅޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތެދުވެރި ލޯބިވެރިން މިހާރުވެސް އެބައުޅޭތަ؟

ތެދުވެރި ލޯބިވެރިން މިހާރުވެސް އެބައުޅޭތަ؟ 

މިއީ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. ގިނަ ބައަކު ޤަބޫލުކުރަނީ ތެދުވެރިކަން ގެއްލިފައިވާ ކަމަށެވެ. އެހެން އެބުނެވެނީ ތެދުވެރިން މަދުކަމުންނެވެ. ނަމަވެސް އެކަން އެގޮތަށް ނިންމައިލެވެން ނެތްކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ   

އެއީ 2019 ވަނަ އަހަރު ހިނގާފައިވާ ހާދިސާއެކެވެ. 20 އަހަރުގެ ޒުވާނާ، ލޯރެން މަސައްކަތްކުރަމުން ދަނިކޮށް ފޯކްލިފްޓެއްގެ ދަށުވެ ޗިސްޗިސްވުމާއި ގުޅިގެން އުނަގަނޑުން ތިރި (ދެފައި) އަދި ކަނައަތުގެ އުޅަނބޮށިން ތިރި ޖެހުނީ ބުރިކޮށްލާށެވެ. 

އެބޮޑު އޮޕަރޭޝަން ކުރަން ޑޮކްޓަރުން ފަސްޖެހުނެވެ. ގޮތެއް ނިންމަން ޢާއިލާއަށް ފުރުޞަތުދިނެވެ. ވެންޓިލޭތަރުގައި 2 ދުވަސްވަންދެން ބާއްވާފައި ހޭއެރުވުމުން ޒުވާނާވެސް ލޯބިވެރިޔާ ސާބިއާވެސް އެދުނީ ހަށިގަނޑުން ފޮތްޗެއްނަމަވެސް ސަލާމަތްކޮށް ދުނިޔޭގައި ބާއްވައިދިނުމަށެވެ. 

ޑޮކްޓަރުން އޮޕަރޭޝަންކުރިއެވެ 2 ފަޔާއި އަތުގެ އެބައި ހަށިގަނޑާއި ވަކިކުރިއެވެ.   

އެޙާލުގައި 2 އަހަރުވެގެން ދިއައީއެވެ. ދެމީހުންގެ ލޯތްބަކަށް ބަދަލެއް ނައުދެއެވެ. އުޅެނީ އެކުގައެވެ. އަނބިމީހާގެ އުފަލަކީ ފިރިމީހާއަށް ޚިދުމަތްކުރުމެވެ. 

ދެމީހުންގެ މެދުގައި ގުޅުންހިންގުމުގެ ކަންކަން ހިންގަނީ ކިހިނެއްތޯ ސުވާލުކުރުމުން ބުނެފައިވަނީ އެއީ ދެމީހުންގެ ސިއްރެއް ކަމަށާއި އެސިއްރު ހާމަނުކުރާނެ ކަމަށެވެ.  

އޭނާގެ އަޑުން އޭނާގެ ވާހަކައިގެ ވީޑިއޯ ބައްލަވާލައްވާށެވެ. މިވީޑިއޯ ކުރިިން ފެނިލައްވާފައިވާ ކިޔުންތެރިންވެސް ބައްލަވައިލައްވާށެވެ. ތެދުވެރި ލޯބީގައި ހުރި ބާރު ހިތަށް ވަނުމަކީ އަމިއްލަ ނަފުސަށްވެސް ފައިދާކުރާނެ ކަމަށްވާތީއެވެ.

 

ގުޅުންހުރި ވީޑިއޯ:

   

 

 

މިއަދު އޮންލައިން