"ތިޔަބައިމީހުންނަށް ހާ ގޮވާ އަޑު އިވުމުން ﷲ ގެ ޙަޟްރަތުން، އެއިލާހުގެ ފަޟްލުވަންތަކަމަށް އެދި ދަންނަވާށެވެ.": ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
"ތިޔަބައިމީހުންނަށް ހާ ގޮވާ އަޑު އިވުމުން ﷲ ގެ ޙަޟްރަތުން، އެއިލާހުގެ ފަޟްލުވަންތަކަމަށް އެދި ދަންނަވާށެވެ.": ޙަދީޘް

ވަރަށް ކުޑައިރު ހާލެއް ގޮވާއަޑު އިވުމުން މުސްކުޅިއަކު ސުވާލުކުރިއެވެ! "ކަލޯއެވެ! އޭތި އެގޮވަނީ ކީކޭކަން އެނގޭ ހެއްޔެވެ؟" (ކައްކަކާކޯ) ޖަވާބުގައި ނުއެނގޭކަމަށް ބުނުމުން އެމީހާ ބުންޏެވެ. އެގޮވަނީ "މާތްކަލާކޯ" އެވެ. އެމީހާ އެބުނި އެއްޗަކަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ. ނަމަވެސް އެހަނދާން ހުރެއެވެ. އެމިހާ އެބުނި ވާހަކައަށް މިހާރު ވިސްނެއެވެ. އެއީ މިޙަދީޘްފުޅު އެނގުމުންނެވެ.   

މިހާރު މާލޭގައި ކުކުޅު ހާ ނުގެންގުޅޭތީ ހާގޮވާއަޑު ނުއިވިދާނެއެވެ. މިހާރުވެސް ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ކުކުޅު ހާ ގެންގުޅޭތީ ހާގޮވާއަޑު އިވޭނެއެވެ. ވީމާ އެއީ ބޭނުން ހިފަން އަގުހުރި ފުރުޞަތެކެވެ.   

ހާ ގޮވާ އަޑުއިވުމުން ދުޢާކުރުން:  

(صحيح) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ، فَإِنَّهَا رَأَتْ مَلَكًا…)) [رواه البخاري / كتاب: بدء الخلق / باب: خير مال المسلم… / رقم: ٣٣۰٣]

މާނައީ: " އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންނަށް ހާ ގޮވާ އަޑު އިވުމުން ﷲ ގެ ޙަޟްރަތުން، އެއިލާހުގެ ފަޟްލުވަންތަކަމަށް އެދި ދަންނަވާށެވެ. ފަހެ ހަމަކަށަވަރުން އެއަށް މަލާއިކަތެއް ފެނިއްޖެއެވެ…"  

ދުޢާކުރުން: - ޑރ. ޢިމްރާން މުޙައްމަދު ޢަލީގެ ބަސްފުޅަކުން

 

މިއަދު އޮންލައިން