ޢާއިޝަތު ރަފާޙް ޢަލީ
1. ދުޢާކުރުން:
ފުރަތަމަ ކަމަކީ ދުޢާކުރުމެވެ. ދުޢާކުރާހިނދު އަޅާގެ ހިތް މާތްﷲ އާ ގުޅިގެންދެއެވެ. ސަބަބަކީ ތިބާ މާތްﷲ އަށް ދުޢާކުރާ ހިނދު، އެ ދުޢާ އެންމެ މޮޅަށް އައްސަވައިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއެވެ. އަދި އެކަމުގެ ބޭރުފުށާއި އެތެރެފުށް ދެނެވޮޑިގެންވަނީވެސް ހަމައެކަނި އެކަލާނގެއެވެ.
ޚާއްޞަކޮށް ސަޖިދައިގައި އޮންނައިރު، ނުވަތަ ރޭގަނޑުގެ ކަނު އަނދިރީގައި، ދުނިޔެއާއި ދުނިޔޭގެ އަހުލުވެރިންގެ ކިބައިން އުންމީދުތައް ކެނޑި، ހަމައެކަނި މާތްﷲ ގެ ޙަޟްރަތަށް ދެންނެވޭހިނދު، ތިބާ ކުރާ ދުޢާ އިޖާބަކުރައްވަވާނީ ހަމައެކަނި އެކަލާނގެކަން ތިބާއަށް އެނގެއެވެ. އެހެންކަމުން، މީހެއްގެ އީމާންކަމުގެ ވަރުގަދަކަން އެންމެ ބޮޑަށް ފާޅުވަނީ ދުޢާކުރާ ވަގުތުގައެވެ.
ކީރިތި ރަސޫލާ ﷺ ގެ ކިބައިން ރިވާވެގެންވެއެވެ: "ދުޢާއަކީ އަޅުކަމެވެ." ދުޢާއަކީ އަޅުކަމެކެވެ. އަދި އެއީ އަޅާ އާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އެންމެ ބޮޑަށް ވަރުގަދަކޮށްދޭ ކަމެވެ. އެހެންކަމުން ޝައިޚް ވިދާޅުވީ، ކޮންމެ ބޭނުމެއްގައިވެސް ދުޢާކުރުން ވަނީ މާތްﷲ އާ ގުޅިފައެވެ.
ތިބާއަށް ދިމާވާ ކޮންމެ ކަމެއްގައި މާތްﷲ ގެ ޙަޟްރަތުން އެދޭށެވެ.
2. މާތްﷲ އަށްޓަކައި ހެޔޮ ޢަމަލުކުރުން:
ދެވަނަ ކަމަކީ މާތްﷲ އަށްޓަކައި ހެޔޮ ޢަމަލުކުރުމެވެ.
ބައެއް މީހުން ހީކުރަނީ ހަމައެކަނި މާތްﷲ ދެކެ ލޯބިވުމުން ފުދޭނެ ކަމަށެވެ. އަދި އެއިން މަތީ ދަރަޖަތަކަށާއި ސުވަރުގެއަށް ވާޞިލްވެ، އެހެން މީހުންނަށްވުރެ ކުރިއަރައިދެވޭނެ ކަމަށެވެ. ނަމަވެސް ކަމަކީ އެއެއް ނޫނެވެ. ޙަޤީޤީ ޢިބުރަތަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވުމެވެ
މާތްﷲ ބަޔާންކޮށްދެއްވާފައި އެވަނީ، ސުންނަތް ޢަމަލުތައް ގިނަކުރުމުން އެކަލާނގެ ލޯބި އެ އަޅާއަށް ލިބޭކަމެވެ. އެހެންކަމުން، ހިތް މާތްﷲ އަށް ކުއްތަންކޮށްދޭ އެންމެ މުހިންމު އެއް މިންގަނޑަކީ، މާތްﷲ ލޯބިވެވޮޑިގަންނަވާ ހެޔޮ ޢަމަލުތައް ގިނަކުރުމެވެ.
އޭގެ ތެރޭގައި:
އާދަމްގެ ދަރިޔާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށްޓަކައި ޞަދަޤާތެއްވެއެވެ. އަދި މިފަދަ އެތައް ހެޔޮ ޢަމަލުތަކެއްވެއެވެ.
- ޑރ. ޢަބްދުއްސަލާމް އައްޝުވައިޢިރުގެ ދަރުސަކުން
- މިއަދުނޫސް