ޢާއިޝަތުރަފާޙް ޢަލީ
މީހުންގެ ފަރާތުން ލިބުނު ކޮންމެ ދެރައަކާއި އަނިޔާއަކަށް އެބޭކަލުން ކެތްތެރިވެވަޑައިގަތެވެ. އަދި އިންސާނުންގެ ކިބައިން ލިބުނު ހުރިހާ ވޭނެއް އެބޭކަލުން ގެންދެވީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތަށެވެ. އެބޭކަލުންނަކީ އެފަދަ އަޖާއިބެއްފަދަ މަތިވެރި ބަޔަކަށްވެ، އެފަދަ މަތިވެރި އަޚްލާޤެއް (ޚުލުޤެއް) ލިބުނީ އެކަމުގެ ސަބަބުންނެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ:
- إِنَّما العلمُ بِالتَّعَلُّمِ، و إِنَّما الحِلْمُ بِالتَّحَلُّمِ، و مَنْ يَتَحَرَّ الخَيْرَ يُعْطَهُ، و مَنْ يَتَّقِ الشَّرَّ يُوقَهُ
މާނަ: "ހަމަކަށަވަރުން، ޢިލްމު ލިބޭނީ އުނގެނުމުންނެވެ. އަދި ކެތްތެރިކަމާއި މަޑުމައިތިރިކަން (ޙިލްމުވެރިކަން) ލިބޭނީ ކެތްތެރިވާން އަމިއްލައަށް ތަމްރީނުވެ، މަސައްކަތް ކުރުމުންނެވެ. އަދި ހެޔޮކަމަށް އެދި އެކަމަށް ފާރަވެރިވެ (މަސައްކަތްކުރާ) މީހާއަށް އެ ހެޔޮކަން ދެއްވާނެއެވެ. އަދި ނުބައިކަމުން ރައްކާތެރިވެ، ދުރުހެލިވާ މީހާ (އެ ނުބައިކަމުން) ސަލާމަތްކުރެއްވޭނެއެވެ."
ލޯބިވާ އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުން ހަމައެކަނި ހިތާމަތަކާއި އިހުސާސްތައް އެތެރެއަށް ފިއްތައި ހިފަހައްޓައިގެން، ﷲއާ އެ ވާހަކަތައް ހިއްސާނުކޮށް ތިބޭނަމަ، ކޮންމެވެސް ދުވަހަކުން ތިޔަބައިމީހުން (ރުޅިގަދަވެގެން) ގޮވާނެއެވެ. ކޮންމެވެސް ވަގުތެއްގައި އެ ހުރިހާ އެއްޗެއް އެންމެ ނުބައި ގޮތުގައި ބޭރުވެގެންދާނެއެވެ.
ގިނަ މީހުންނަށް ދިމާވަނީ މިހެންނެވެ. ހިތާމަތައް ހިފަހައްޓަމުން ހިފަހައްޓަމުން ގޮސް، އެންމެ ފަހުން ފުއްޕާހަމެއް ފަޅައިގެންދާ ފަދައިން ހުރިހާ ކަމެއް ކޮންޓްރޯލުން ނެއްޓެނީއެވެ. ނަމަވެސް، ނަބީބޭކަލުން ކޮންމެ ރެއަކުވެސް އެބޭކަލުން ﷲގެ ހަޟްރަތުގައި އެ މަގު ބޭނުންކުރައްވައެވެ.
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، ހުރިހާ ކަމެއް ނިމި (ޔޫސުފްގެފާނު ބޭބެއިންނަށް މަޢާފްކުރެއްވުމުން)، އެ ބޭބެއިން އެބޭކަލުންގެ ބައްޕަ (ޔަޢުޤޫބްގެފާނު) ގެ އަރިހުން ފާފަފުއްސެވުމަށް އެދި ދުޢާކޮށްދިނުމަށް ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ:ޔޫސުފް ސޫރަތުގެ 98 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
قَالَ سَوْفَ أَسْتَغْفِرُ لَكُمْ رَبِّي ۖ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٩٨﴾
މާނަ: އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށްއެދި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކުރައްވާހުށީމެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (98)"
ނަބީބޭކަލުން އެބޭކަލުންގެ އިހުސާސްތައް އެތެރެއަކަށް ފިއްތައެއް ނުލައްވައެވެ. އެހެންނަމަވެސް އެ އިހުސާސްތައް ﷲއަށް މިސްރާބުކުރެއްވެވީއެވެ. ނަބީބޭކަލުންނަށް އެފަދަ ބޮޑެތި މުޞީބާތްތަކަށް ކެތްކުރެއްވުނީ، އެބޭކަލުންގެ ހިތާމަތައް ދަންނަވާނެ އެންމެ މަތިވެރި މަގު—އެބަހީ ﷲ ސުބުޙާނަހޫ ވަތަޢާލާއާ އޮތް ގުޅުން އެބޭކަލުންނަށް ލިބިވަޑައިގެންފައިވާތީއެވެ. އެގުޅުން ހޯއްދެވުމުން އެބޭކަލުން ގަދައަޅުއްވަވައި މަސައްކަތްޕުޅު ކުރެއްވެވިއެވެ. މިބުނަނީ ރޭއަޅުކަންކުރައްވަވައި ކޮންމެ ރެއަކު ދުޢާކުރެއްވެވި ވާހަކައެވެ.
- ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން
- މިއަދުނޫސް