އެކުވެރިއަކު ކައިވެނިކުރަންހުރިނަމަ އޭނާއަށް އިސްކަންދިނުމަކީ ގިނަ ގޮތްގޮތުން ފައިދާކުރާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އެކުވެރިއަކު ކައިވެނިކުރަންހުރިނަމަ އޭނާއަށް އިސްކަންދިނުމަކީ ގިނަ ގޮތްގޮތުން ފައިދާކުރާނެ ކަމެއް!

އަހަރެންނަކީ 65 އަހަރުވެފައިވާ އަންހެނަކީމެވެ. ކައިވެނިކުރީ ޢުމުރުން 20 އަހަރުގައެވެ. ކައިވެންޏަށް 18 އަހަރުގައި، ކައިވެނި ރޫޅިއްޖެއެވެ. ދެވަނަ ކައިވެނިކުރީ 5 އަހަރުގެ އިންތިޒާރަކަށްފަހުގައެވެ. 

އެކަނި 5 އަަހަރު ދިރިއުޅުނީ ފިރިއަކަށް ބޭނުން ނުވާތީއެއް ނޫނެވެ. ވަރަށް ބޮޑަށް ބޭނުންވެއެވެ. ނިދިނުލިބިގެންވެސް އުޅެންޖެހުނެވެ. ކަންކަން މެދުވެރިވި ގޮތުން އިތުރު ކައިވެންޏެއް ކުރާނެ ހިތްވަރު ނުލިބުނީއެވެ. ހިތްވަރު ހޯދަން މަސައްކަތްކުރާނެ ހިތްވަރުވެސް ނުލިބުނީއެވެ. އެހިތްވަރު ހޯދުނީ ވަރަށް ވަރުންނެވެ. ޝައިޠޯނާއާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްކޮށްގެންނެވެ.  

އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަންއޮތްވާހަކައަކީ ކައިވެނިކުރަން ލޯބިވާންވީ ރީތި ސިފަތައް ހަށިގަނޑުގައި ހުންނަ މީހަކުދެކެއެއް ނޫނެވެ. އެހެނީ ކައިވެނި ވާންޖެހޭނީ ޢުމުރަށް އެކުގައި ދިރިއުޅުމަށް ވެވޭ އަހުދުނާމާއަކަށް ކަމުގައިވާތީއެވެ.  

އެފަދަ އަހުދުނާމާއެއްގެ ފައިދާ ބޮޑަށް ކުރާނީ ތިމާގެ ޙަޤީޤަތް ދަންނަ ގާތް އެކުވެރިއެއް، ރަޙްމަތްތެރިއެއް ފަދަ މީހަކާއި ކައިވެނިކުރުމުންނެވެ. ސަބަބަކީ އޭނާއަކީ ހަޤީޤީ ރަޙްމަތްތެރިއަކުނަމަ އަނެކާގެ މައްޗަށް ކުލުނު ހުންނާނެއެވެ. އަނެކާއަށް ދެރަގޮތެއް ވުމަކަށް ނުއެދޭނެއެވެ. އަދި އެހީތެރިވާންވެސް ބޭނުންވާނެއެވެ.  

މިއީ ޚިޔާލުތަފާތުވެދާނެ ކަމެކެވެ. ނަމަވެސް ވިސްނައިލުން މުހިންމު ކަމެކެވެ. ގިނަ ތަޖުރިބާކާރުން ބުނަނީ ކައިވެނިކުރަން އެކުވެރިއަކު ހުރިނަމަ އޭނާއަށް އިސްކަން ދިނުމަށެވެ. ބަޔާންކުރަނީ އަންހެންމީހާ އެބުނާ ސަބަބުތަކެވެ.

 

- އަލަފް / މިއަދުނޫސް

 

 

މިއަދު އޮންލައިން