ކޮންމެ ޙާލެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ނަމާދަށް ނުދީ ފުރިހަމަ މުއުމިނަކަށް ނުވެވޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 12ސ
ކޮންމެ ޙާލެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ނަމާދަށް ނުދީ ފުރިހަމަ މުއުމިނަކަށް ނުވެވޭނެ!

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު ނަމާދަށް ބަހައްޓަންޖެހޭ ފަރުވާތެރިކަމެއް ނުބަހައްޓައެވެ. ނަމާދުކުރާ ގިނަ ބައަކުވެސް ނަމާދަށްދޭންޖެހޭ އަހައްމިއްޔަތުކަމެއް ނުދެއެވެ. ނަމާދުކުރުން ހަދަނީ ކުރެވުނުއިރަކުން ކުރަން އޮތް ކަމަކަށެވެ. އެހެންވެ މިގެނެސްދެނީ ނަމާދަށް ސަމާލުކަން އިތުރުކުރަްނޖެހިފައިވާ ސަބަބުތަކެވެ.  

މުސްލިމް އަޚުންނޭވެ! ކާމިޔާބުގެ އަހުލުވެރިން ސިފަކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.  ---  މާނައީ: "مُؤْمِنُން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، ޒަކާތް ދޭމީހުންނެވެ. އަދި އެއުރެންނީ، އެއުރެންގެ فَرُجُ ތަކަށް ރައްކާތެރިވާމީހުންނެވެ. އެއުރެންގެ އަނބިންގެމައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެމައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ سَرَحَدُّ) ފަހަނަޅައިދާ މީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ أَمَانَة ތަކަށާއި އެއުރެންގެ عَهْدُ ތަކަށް ރައްކާތެރިވާ މީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ. (ހެޔޮކަން) ވާރުތަވާ މީހުންނީ، ހަމައެއުރެންނެވެ. އެއުރެންނީ، فِرْدَوْسُ އޭކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ."  

މުސްލިމް އަޚުންނޭވެ! މާތް ﷲ ގެ ކަލާމްފުޅަށްވުރެ މަތިވެރި އެއްޗެއް ވާނެ ހެއްޔެވެ؟ ބަޔާންވެ ދިޔަ އާޔަތްތަކުގެ މާނައާ މެދު އަހަރެމެން ފުންކޮށް ވިސްނާލަމާ ހިނގާށެވެ! އެ އާޔަތްތަކުގައި، މާތް ﷲ ބަޔާންކޮށްދެއްވަނީ ކާމިޔާބު މުއުމިނުންގެ ސިފަތަކެވެ. ފުރަތަމަ ސިފައެއްކަމުގައި ގެންނަވާފައިވަނީ، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމެވެ. އަދި އެ ނަމާދުގައި މަޑުމޮޅިވެ، އެނަމާދު މާތް ﷲ ޤަބޫލުކުރައްވާނޭ ކަމުގެ އުންމީދުގައި ތިބެ އެކަލާނގެ އަޛާބަށް ބިރުވެތިވެ ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުންނެވެ.  

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ނަމާދު ކުރާއިރު ނަމާދަކީ ތިބާގެ އެންމެ ފަހު ނަމާދުގެ ގޮތުގައި ދެކިގެން އެކަލާނގެ ތިބާއަށް ފެންނަ ފަދައިން ކުރާށެވެ! ތިބާއަށް އެކަލާނގެ ނުފެނުނަސް އެކަލާނގެ ތިބާ ދެކެދެނެވޮޑިގެން ވެއެވެ."[1]

 

- ޚުޠުބާއަކުން:

 

 

މިއަދު އޮންލައިން