ޢާއިޝަތު ރަފާޙް ޢަލީ
ހަމައެފަދައިން، ރިވެތި އަޚްލާޤުގެ ވެރިންނާއި، ޔަތީމުން ބަލަހައްޓާ މީހުންނާއި، އެކަލޭގެފާނުގެ ސުންނަތަށް ފުރިހަމައަށް ތަބާވާ މީހުންނަކީވެސް އެކަލޭގެފާނުގެ ލޯބި ލިބިގެންވާ ބައެކެވެ. މި ހުރިހާ ކަމަކީވެސް އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި އެ ލޯބި ދުލުން ބަޔާންކޮށް ޛިކުރު ކުރުމުގެ ގޮތުން އަޅުގަނޑުމެން ކިޔަވަންވީ "اللهم صل وسلم على نبينا محمد" (އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ! އަޅަމެންގެ ނަބިއްޔާ މުޙައްމަދު ﷺ ގެ މައްޗަށް ސަލަވާތާއި ސަލާމް ލައްވާށި) އެވެ."
ރަސޫލުﷲ ﷺ ގެ މައްޗަށް ސަލަވާތާއި ސަލާމް ފޮނުވައިދިނުމަށް އެދި ތިބާ ދުއާކުރުމުގެ މާނައާމެދު ފުންކޮށް ވިސްނާލާށެވެ. މިކަމުގެ ސަބަބުން ތިބާގެ ދިރިއުޅުމަށް ލިބިގެންދާނެ ބަރަކާތާއި މަންފާތަކުގެ މައްޗަށް ފިކުރުކޮށްލާށެވެ. ދީނީ އިލްމުވެރިން މިކަމުގެ މުހިންމުކަމާ ގުޅޭގޮތުން ތަފާތު ސަބަބުތައް ބަޔާންކުރައްވާފައިވެއެވެ. އޭގެ ތެރެއިން އެއް ސަބަބަކީ މަޝްހޫރު ހަދީޘްފުޅެއްގައިވާ ފަދައިން، މީހަކު އޭނާގެ އަޚާއަށްޓަކައި ދުއާކުރާ ކޮންމެ ހިނދަކު، މަލާއިކަތް ބޭކަލަކު "އާމީން، އަދި ތިބާއަށްވެސް އެފަދައިން އިޖާބަކުރައްވާށި" މިފަދައިން ދުއާކުރައްވާ ކަމެވެ. ވީއިރު، އަހަރެމެން ދުއާކޮށްދޭންވީ އެންމެ މާތް އަޚަކީ ރަސޫލުﷲ ﷺ ނޫން ދެން ފަހެ ކާކުތޯއެވެ؟
ހިތާމައަކީ މިކަމަށް ގިނަބައަކަށް އިހްމާލްވެވި ފަރުވާކުޑަކުރެވޭ ކަމެވެ. ޢާންމު ދިރިއުޅުމުގެ ކަންކަމުގައި އުޅެމުން ޛިކުރުތައް ކިޔައި އުޅޭ ފަދައިން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔރެވުންވެސް ގިނަކުރާށެވެ! އެކަމުގެ ފައިދާ ހާދަހައިވާ ބޮޑުވެގެންވެއެވެ.
- ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން
- މިއަދުނޫސް