ތިމާއާ ގުޅުންނެތް، ތިމާއަށް ފައިދާނުކުރާނެ ކަންކަމަށް ވަޤުތު ބޭކާރުކުރުމަކީ ޢުމުރުގެ ބޮޑު ބައެއް އިޝްރާފްވެގެންދާނެ ކަމެއް! ފާފަވެރިވެ ޢަޛާބު ލިބޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ތިމާއާ ގުޅުންނެތް، ތިމާއަށް ފައިދާނުކުރާނެ ކަންކަމަށް ވަޤުތު ބޭކާރުކުރުމަކީ ޢުމުރުގެ ބޮޑު ބައެއް އިޝްރާފްވެގެންދާނެ ކަމެއް! ފާފަވެރިވެ ޢަޛާބު ލިބޭނެ ކަމެއް!

ތިމާގެ ވަށައިގެން ހިނގާ ކަންކަމާއި އަދި ދުނިޔޭގައި ހިނގާ ކަންކަން އެނގުމަކީވެސް ބޭނުންތެރިކަމެކެވެ. ނަމަވެސް އެކަންކަމަށް ވަޤުތުހޭދަކުރަންވާނީ ވަކިވަރަކަށެވެ. ޚާއްޞަކޮށް ތިމާއާ ގުޅުންނެތް، ތިމާއަށް ފައިދާނުކުރާނެ ކަންކަމަށް ވަޤުތު ބޭކާރުކުރުމަކީ ޢުމުރުގެ ބޮޑު ބައެއް އިޝްރާފްވެގެންދާނެ ކަމަކެވެ.  

ޢުމުރުގެ ދުވަސްކޮޅު މަދެވެ. އެމަދު އަހަރުކޮޅުގެ ކޮންމެ ދުވަހަކުން 2،3 ގަޑިއިރު ތިމާއަށް ފައިދާ ނެތް ކަމަށް ހޭދަކުރާނަމަ އަހަރަކު ވަޤުތު އިޝްރާފްކުރެވޭނެވަރާއި ޢުމުރު ނިމިގެންދާއިރު ވަޤުތު އިޝްރާފްކުރެވޭނެ މިންވަރު ހިތަށް ގެންނާށެވެ!  

ހަމައެކަނި ވަޤުތު އިޝްރާފްކުރެވެނީއެއްވެސް ނޫނެވެ. ތިމާ ބެހެން ނުޖެހޭ ކަންކަމަށް ބެހި ފާޑުކިޔަން ހަދައިގެން ފާފަވެރިވެސްވަނީއެވެ. އެކަންކަންވެސް ފަތުގައި ލިޔުއްވަވަތެވެ. މީޒާނުގައި ތިބާއާއި ދެކޮޅަށް ބޮޑުތަނުން ބުރަވެގެންދާނެއެވެ.  

މީހަކު އޭނާއަށް އެނގުމެއްނުވާކަމެއްގެ ވާހަކަދައްކާފައި ނިންމާލަމުން ބުނީ "ވަﷲ އަޢުލަމް" އެވެ. އެހެން ބުނުމުން ތިމާދެއްކި ވާހަކައިން ސަލާމަތްވެވޭނެ ހެއްޔެވެ؟ ނުވެވޭނެއެވެ. ޝައްކުގެ މައްޗަށް ނުވަތަ ޔަޤީންނުވާ ކަންކަމުގެ ވާހަކަ ދެއްކުމަކީ ޙަރާމް ކަމެކެވެ.  

ގުޅުންހުރި ބަސްކޮޅެއް!: 

މުސްލިމް އަޚުންނޭވެ! އެއާޔަތްތަކުގައި މުއުމިނުންގެ ދެވަނަ ސިފައެއް ކަމުގައި ގެންނަވާފައިވަނީ،  މުޅި ދުނިޔެއަށް މިހާރު ޖެހިފައިވާ އަދި އެކަމަކުން ޝިފާލިބުން އުނދަގޫ ބޮޑު ބައްޔެއްގެ ގޮތުގައި ސިފަކުރެވޭ ކަމެއްގެ ވާހަކައެވެ. އެއީ ބޭކާރު ވާހަކަތަކާއި، ބޭކާރު ކަންތަކުން ދުރުވުމުގެ ވާހަކައެވެ. އަހަރެމެންގެ ތެރެއިން ގިނަބަޔަކު މީސްމީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ޙަޤީޤަތާ ދުރު ކަންކަމުގައި މަޝްޣޫލުވެއުޅުމަކީ ދެރަކަމެކެވެ. އަދި ޙަޤީޤަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަން ޖެހޭ ވާހަކައެއް ނޫނެވެ.  

ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެކެވެ. އެހެންކަމުން ތިބާ ބުނެއުޅޭ ވާހަކަތައް ﷲ ރުއްސަވާ ވާހަކަތަކަކަށް ހަދާށެވެ! ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައަކީ، ތިބާގެ އާޚިރަތަށް އަސަރުކުރާނޭ ވާހަކައެއް ކަމުގައި ވިސްނުމަށް ފަހު، އެކަމާމެދު ގޮތެއް ނިންމާށެވެ! މާތް ﷲ ވަޙީކުރައްވާފައިވެއެވެ. --- ‎މާނައީ: " އަދި އެބައިމީހުންނީ ބޭކާރު ބަސްތަކާއި ކަންތައް ދިމާވާހިނދު، މާތް މީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ."

 

މިއަދު އޮންލައިން