ނިކަމެތިންނަށް އެހީތެރިވެދީ ތަނަވަސްކަން އިތުރުކޮށްދޭން މަސައްކަތްކުރާ މީހާގެ ތަނަވަސްކަން ދާނީ އިތުރުވަމުން! ކުރާ ހޭދައިގެ އެތައް ގުނައެއް އިތުރަށް ދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ނިކަމެތިންނަށް އެހީތެރިވެދީ ތަނަވަސްކަން
އިތުރުކޮށްދޭން މަސައްކަތްކުރާ މީހާގެ ތަނަވަސްކަން ދާނީ އިތުރުވަމުން! ކުރާ
ހޭދައިގެ އެތައް ގުނައެއް އިތުރަށް ދެއްވަވާނެ!


ޢާއިލީ ގޮތުން ވާރުތަވެގެންނަމަވެސް އަދި އަމިއްލަ މަސައްކަތުން ނަމަވެސް ތަނަވަސްކަން ލިބިއްޖެނަމަ ފަޤީރު ޢާއިލާތަކަކަށް ތަނަވަސްކަން ހޯދައިދީ ތިބާފަދައިން މުއްސަނދިކުރުވާށެވެ! އެކަމުން ތިބާ ފަޤީރެއް ނުވާނެއެވެ. އިތުރަށް މުއްސަނދިވާނީއެވެ. ކުރާ ހޭދައިގެ އެތައް ގުނައެއް އިތުރަށް ދެއްވަވާނެއެވެ.

މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ފަޤީރުންނަށް އެހީތެރިވެ އެމީހުންގެ ތަނަވަސްކަން އިތުރުކޮށްދޭން މަސައްކަތްކުރާ މީހާގެ ތަނަވަސްކަން ﷲ ތަޢާލާ އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ. ތަނަވަސްކަން ކުޑަނަމަ ނިކަމެތި އެންމެ މީހަކަށްނަމަވެސް އެހީތެރިވާށެވެ. ތިބާގެ ފެންވަރު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.  

ދިރިއުޅުމާއިގެން ކުރިއަށްދާން ބޭނުންވާ މީހާ އެހެން މީހުން ފާޑުކިޔުމުން އަޅައިނުލާށެވެ! ފާޑުކިޔާނީ ތިބާއަށްވުރެ ދަށުދަރަޖައިގެ މީހަކަށްވީމައެވެ. އެހެނެއް ނޫނެވެ. ހެޔޮ ނަޞީޙަތެއްދީފިނަމަ ޤަބޫލުކުރާށެވެ! ފާޑުކިޔުމާއި ނަބީޙަތްދިނުމަކީ ތަފާތު ދެކަމެކެވެ.  

ދިރިއުޅުމުގަ ވިސްނަންޖެހޭނެ އިތުރުކަމެއްވެސް ބުނެލާނަމެވެ. ހާޞިލުކުރަން ބޭނުންވާކަމެއް އެއްފަހަރުން ޙާޞިލުނުވިނަމަ ދެވަނަ ފަހަރު އެކަމަށް ކުރިމަތިލާންވާނީ ކުރިން ފޭލްވި ސަބަބުދަސްކޮށް އެކަން ނައްތާލުމަށްފަހުގައެވެ.  

ހަމައެއާއިއެކު މީހުންނަށް އެހީތެރިވެދިނުމުގައިވެސް ވިސްނަންޖެހޭނެ ކަމެއް ބުނެލާނަމެވެ. އެއީ  މީހުން ބޭނުންވާ ކަންކަން ކޮށްނުދިނުމުން އެމީހުން ރުޅިއައިސް ނަފުރަތުކުރާނެއެވެ. ނަމަވެސް މީހުންނަށް ކަންކަން ކޮށްދޭންވާނީ އެކަމެއް ކޮށްދިނުމުން އެމީހަކަށް ފައިދާކުރާނެނެކަން ޔަޤީންކުރުމަށްފަހުގައެވެ. ނޫންނަމަ އެމީހަކަށް އެކަމުން ލިބޭނީ ގެއްލުމެވެ.  

މިސާލަކަށް ވިޔަފާރިއެއް ފަށަން އެހީތެރިވެދޭންވާނީ ވިޔަފާރީގެ ކަންކަން އެނގޭ، އެކަމަށް ޝައުޤުވެރިވާ މީހަކަށެވެ. އެކަމަށް ނުވިސްނައި އެހީތެރިވެދީފިނަމަ އެތައް ބައަކަށް އޭނާ ދަރާނެއެވެ. އެއިރުން ޖެހޭނެ ޙާލުމާބޮޑުވާނެއެވެ.

 --އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން