ޢީދުގަ އެންމެ ބޮޑު ސަމާލުކަމެއް މައިންބަފައިންނަށް ދެމާ! މުސްކުޅި ޢުމުރުގަ އެމީހުންނަށް އެންމެ ބޮޑަށް ވޭން އަޅަނީ ހަށިގަނޑަކު ނޫން! ދަރިން އަޅައިނުލާތީ ހިތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޢީދުގަ އެންމެ ބޮޑު ސަމާލުކަމެއް މައިންބަފައިންނަށް ދެމާ! މުސްކުޅި ޢުމުރުގަ އެމީހުންނަށް އެންމެ ބޮޑަށް ވޭން އަޅަނީ ހަށިގަނޑަކު ނޫން! ދަރިން އަޅައިނުލާތީ ހިތަށް!

މިއަދަކީ އުފާވެރި އަޟްޙާ ޢީދު ދުވަހެވެ. ކުރިއަށް އޮތީވެސް ޢީދުގެ އުފާވެރި 3 ދުވަހެވެ. ވީމާ ޢީދާއި ގުޅިގެން ކުރާ ކަންކަމުގެ ލިސްޓުގެ އެންމެ ކުރިއަށް މައިންބަފައިންނާއި ބައްދަލުކޮށް އެމީހުންނަށް އުފާވެރިކަން ހޯދައިދިނުން ލިސްޓުކުރާށެވެ!  

މުސްކުޅި ޢުމުރުގަ އެމީހުންނަށް އެންމެ ބޮޑަށް ވޭން އަޅަނީ އެމީހުންގެ ހަށިގަނޑަކު ނޫނެވެ! ހަށިގަނޑުގެ ބަލިކަށިކަމަކުންވެސް ނޫނެވެ. ދަރިން އަޅައިނުލާތީ އެމީހުންގެ ހިތުގައެވެ. ވީމާ ޢީދުގަ އެންމެ ބޮޑު ސަމާލުކަމެއް މައިންބަފައިންނަށް ދެމާހިނގާށެވެ!  

ޢީދުގެ ފުރަތަމަ ދުވަހު އެންމެ ފުރަތަމަ ކުރާކަމަކަށްވެސް މައިންބަފައިންނާއި ބައްދަލުކުރާށެވެ. އެއްގެއެއްގައި އުޅޭނަމަވެސް އެމީހުންދެކެ ލޯބިވާކަން ހާމަކުރާށެވެ! އެއީ ބަލިވެ އުޅޭތީ ކާބޭސްތަކުން ހަށިގަނޑަށް ކުރާ ފައިދާއަށްވުރެ މާބޮޑު ފައިދާއެއް އެމީހުންނަށް ކުރާނެ ކަމެކެވެ.

ހޯދުންތަކުން އެނގޭގޮތުގައި ކާބޭހުން ފައިދާކުރާމިންވަރު އެންމެ ބޮޑަށް ގުޅިފައިވަނީ ހިތްހަަމޖެހުމާއިއެވެ. ޚާއްޞަކޮށް މުސްކުޅި ޢުމުރުގައެވެ. ވީމާ ހަމައެކަނި ބޭސް ހޯދައިދިނުމަކުން ނުފުދެއެވެ. ލޯތްބާއި އަޅައިލުންވެސް ދޭންޖެހެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން