އަޟްޙާ އީދުގެ އަދަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 40ސ
އަޟްޙާ އީދުގެ އަދަބުތައް-

 ޢާއިޝަތު ރަފާޙް ޢަލީ

 އިސްލާމްދީނުގައި ޘާބިތުވެގެން އައިސްފައިވާ ދެ އީދަކީ ފިޠްރް ޢީދާއި އަޟްހާ ޢީދެވެ.. ފިޠުރު ޢީދު އަންނަނީ ރަމަޟާން ރޯދައިގެ ރުކުނަށްފަހު، އަދި އަޟްޙާ ޢީދު އަންނަނީ ޙައްޖުގެ ރުކުނަށްފަހުގައެވެ. އަދި އަޟްޙާ ޢީދަށް މުސްލިމުން ޝައުޤުވެރިވުން އެދެވިގެންވާ އަދަބުތަކެއް އެބަހުއްޓެވެ. އޭގެތެރެއިން ބައެއް އަދަބުތަކަށް މި ލިޔުމުގައި ބަލާލާނަމެވެ. 

·       އަޟްޙާ ޢީދު ނަމާދުން އެނބުރި އަންނަންދެން އެއްވެސް އެއްޗެއް ނުކެއުން

·       މިސްކިތުގެ ބޭރު ގޯތިތެރޭގައި (ހާމަތަނެއްގައި) ޢީދު ނަމާދު ކުރުން

·       ޢީދު ނަމާދުކުރާ ތަނަށް އަވަހަށް ދިއުން

·       ކުރެވެން އޮތް ނަމަ ނަމާދުކުރާ ތަނަށް ފައިމަގުގައި، ދިއުން 

·       އައު ހެދުން ލުމާއި މީރުވަސްދުވާ ސެންޓް، އަތަރު ލައިގެން ހުރުން

·       ޢީދު ނަމާދަށް ގޮސް އެއިން އެނބުރި އައުމުގެ މަގު ތަފާތުކޮށްލުން 

·       (كانَ النبيُّ -صلى الله عليه وسلم- إذَا كانَ يَوْمُ عِيدٍ خَالَفَ الطَّرِيقَ)، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޢީދު ދުވަހެއްގައިނަމަ މަގު ތަފާތުކޮށްލައްވަވައެވެ. (މަގަށް ޚިލާފުވުމުގެ މާނައަކީ އީދު ނަމާދަށް ދާމަގު ނޫން އެހެން މަގަކުން އެނބުރި އައުމެވެ.) 

·       އުޟްހިޔާ: އެއީ ޢަޟްހާ އީދު ދުވަހު މުސްލިމުން އުފާފާޅުކުރުމަށް ކުރާ އެންމެ މުހިއްމު އެއް ސުންނަތެވެ.  

·       ތަކްބީރު ކިޔުން: ﷲ ތަޢާލާ ބަގަރާ ސޫރަތުގެ 203 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

(وَاذْكُرُوا اللَّهَ فِي أَيَّامٍ مَّعْدُودَاتٍ ۚ) 

މާނައީ: " عدد ކަނޑައެޅިގެންވާ ދުވަސްތަކެއްގައި اللَّه ހަނދުމަކޮށް (تكبير ކިޔައި) އުޅޭށެވެ" އަދި އަޟްޙާ ޢީދުގެ ފުރަތަމަ ދުވަހާއި އޭގެ ފަހުން ތަކްބީރު ކިޔުން ސުންނަތްވެގެންވެއެވެ. އެއީ، އަލްތަޝްރީޤުގެ ދުވަސްތަކުގެ ތިން ދުވަހެވެ. މުސްލިމުން "الله أكبر الله أكبر، لا إله إلا الله، الله أكبر الله أكبر، ولله الحمد" ކިޔައެވެ.  

·       ގާތްތިމާގެ މީހުންނާއި އަހްލުންނަށް ހޭދަކުރުން: 

އީދު ދުވަހު އޮންނަ އެއް އަދަބަކީ މުސްލިމަކު އޭނާގެ އާއިލާއަށް ހިތްހެޔޮކަމާއިއެކު އުފާވެރިކަން އިހުސާސްކޮށްދިނުމެވެ. މިއީ ކާބޯތަކެއްޗާއި ބުއިންތަކާއި ހެދުމާއި ފޮނި ކާނާ ހޭދަ ކުރުމެވެ. މިކަމުގެ ސަބަބުން ދީނީ މުނާސަބަތު - އެއީ އަޟްޙާ ޢީދު ދުވަސް - އަހަރުގެ އެހެން ދުވަސްތަކާ ތަފާތުވެގެންދެއެވެ.  

·       އުފާކުރުމާއި އެހެން މީހުން އުފަލުގައި ބައިވެރިކުރުން: އުފަލާއި އުފާވެރިކަން ދެއްކުމާއި އާއިލާއަށް އުފަލާއި ލޯތްބާއި އެކުވެރިކަމާއި އޯގާތެރިކަން ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ. މީގެ އިތުރުން މުސްލިމް މީހާއަށް އޭނާގެ އާއިލާގެ ރަޙްމަތް މިދުވަހު އިޙްސާސް ކުރެވޭއިރު، ޢީދަކީ އުފަލާއި އުފާވެރިކަން ދައްކައި، މާތްالله ގެ ރިވެތިކަންތައްތައް މަތިވެރިކުރާ ދުވަހެއް ކަމުން، އެދުވަސް މުސްލިމް ހިތާމަ ފެތުރުމާއި ނުވަތަ އާއިލާ އެއްވެ އުޅޭއިރު ޒުވާބު އުފެއްދުމުގެ ވަސީލަތެއްގެ ގޮތުގައި ޢީދު ނެހެދުމަށް ސަމާލުވާންޖެހޭނެއެވެ.  

--މިއަދުނޫސް

 

މިއަދު އޮންލައިން