ގެއަށް ވަންނައިރު އަނބިދަރިންނަށާ ގޭގަތިބިމީހުންނަށް ރުޅިއައިސްގެން ހުރެގެންނާ ފޫހިވެ މޫނުކުނިކޮށްގެން ގެއަށްވަނުމުން އެނަގައިލެވެނީ ސުވަރުގެ ވަދެވެން އޮތް ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ގެއަށް ވަންނައިރު އަނބިދަރިންނަށާ ގޭގަތިބިމީހުންނަށް ރުޅިއައިސްގެން ހުރެގެންނާ ފޫހިވެ މޫނުކުނިކޮށްގެން ގެއަށްވަނުމުން އެނަގައިލެވެނީ ސުވަރުގެ ވަދެވެން އޮތް ފުރުޞަތެއް!

ސުވަރުގެ އެދޭ މީހާއށް އެކަން ޙާޞިލުކުރެވޭނެ ވަރަށް ލުއިފަސޭހަ ގިނަ ގޮތްތަކެއް ﷲ ތަޢާލާ ވަނީ މިންވަރުކުރައްވަވައިފައެވެ. އެއީ ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ. ސުވަރުގެވަނުމަށް ޝައުޤުވެރިވެ އެކަމަށް މަސައްކަތްކުރުމަށް އަޅުތަކުންނަށް ހިތްވަރު ދެއްވެވުމަށެވެ.  

މިޘާލަކަށް ބުނާނަމަ ގެއަށް ވަންނަމުން ހިނިތުންވެ ހުރެ ގޭގެ އަހުލުވެރިންނަށް ސަލާމްގޮވަމުން ގެއަށްވަނުިމަކީވެސް ސުވަރުގެ ދެއްވަވާނެ ޢަމަލެއްކަން ޙަދީޘްފުޅުން މިއޮތީ އެނގޭށެވެ. ނަމަވެސް އަހުރެމެންގެ ތެރެއިން އެކަން އެގޮތަށް ކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟  

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ثلاثة كلهم ضامن على الله" (ތިން ބައެއްގެ ޒިންމާ މާތްﷲ އުފުއްލަވައި، އެކަލާނގެ ހިމާޔަތުގެ ދަށުގައިވެއެވެ). އެބައިމީހުން ދުނިޔޭގައި ތިބި ނަމަ މާތްﷲ ރިޒުގު ދެއްވާނެއެވެ. އަދި މަރުވެއްޖެނަމަ ސުވަރުގެއަށް ވައްދަވާނެތެވެ.  އަޅުގަނޑާއި ތިޔަބޭފުޅުންނަކީވެސް މިފަދަ މީހުންގެ ތެރެއިން ވުމަށް އެދެމެވެ.

މި ތިން ބަޔަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ: 

ފުރަތަމަ މީހަކީ، ގެއަށް ވަންނައިރު ސަލާމް ގޮވާ މީހާއެވެ. މިއީ ވަރަށް ފަސޭހަ ކަމެކެވެ. މިކަމުގެ ދެ މާނައެއް އިލްމުވެރިން ބަޔާންކުރައްވައެވެ. އެއީ ގެއަށް ވަންނަ ވަގުތު ސަލާމްކުރުން، ނުވަތަ ބޭރުތެރޭގައި ފިތުނަވެރިކަން ބޮޑުވެ އެކަންކަމުން ސަލާމަތްވުމަށްޓަކައި ގޭގައި މަޑުކޮށްގެން ހުންނަ މީހާއެވެ. ރަސޫލާ ﷺ އަނަސްގެފާނަށް އިރުޝާދު ދެއްވާފައިވަނީ ގެއަށް ވަންނަ ހިނދު ގޭގެ އަހުލުވެރިންނަށް ސަލާމްކުރުމަށެވެ. ގޭގައި މީހަކު ނެތް ނަމަވެސް ސަލާމްކުރުމަކީ ގޭގައި ބަރަކާތް އިތުރުވާނެ ކަމެކެވެ. "ބިސްމިﷲ، އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ" ބުނެލުމުން ލިބޭ ބަރަކާތާއި، އެމީހަކު މަރުވެއްޖެނަމަ ލިބޭނެ ސުވަރުގޭގެ ނިޢުމަތަކީ ކިހާ މަތިވެރި ކަމެއްތޯއެވެ! 

ޙަދީޘް: ޝައިޚް މުޙައްމަދު ބާޖޫރް)  

އެއްވެސް މީހަކީ ކަންބޮޑުވުންތަކުން ސަލާމަތްވެގެންހުރެވޭނެ މީހެއް ނޫނެވެ. މަސައްކަތުގެ މާޙައުލުންވެސް މައްސަލަތައް ކުރިމަތިވާނެއެވެ. އެކުވެރިންނާއި ބައްދަލުވުމުން ދައްކާ ވާހަކަތަކުންވެސްމެއެވެ. ވަށައިގެން ހިނގާ ކަންކަމުންވެސްމެއެވެ. މިހެންގޮސް އެތައް ކަމަކުންނެވެ.  

ގެއަށް ވަންނަން އޮތީ އެކަންކަމަށް ވިސްނުން ދޫކޮށްލައިގެންހުރެއެވެ. އަނބިދަރިންނާއި ގޭގެ އަހުލުވެރިންނަށް ހިނުތުންވެގެންހުރެ ވަންނާށެވެ. އެންމެ ރިވެތިވެގެންވާ ސަލާމުން ސަލާމްގޮވަމުން ވަންނާށެވެ. އެކަމުން ލިބެން އޮތް ބޮޑުފައިދާ ޙަދީޘްފުޅުން އެއޮތީ އެނގޭށެވެ. އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެ ކަމެވެ. ސުވަރުގެ ވައްދަވާނެ ކަމެވެ. އިން ޝާ ﷲ

 

- މިއަދުނޫސް

 

 

މިއަދު އޮންލައިން