ހޭލުންތެރިވާންޖެހޭ ކަމެއް!: އަނބިމީހާގެ ކަންކަން އިޝްތިހާރުކުރާތީ ކުރިމަތިވި ނުރައްކަލުން އަނބިމީހާ ކިރިޔާ ސަލާމަތްވި ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ހޭލުންތެރިވާންޖެހޭ ކަމެއް!: އަނބިމީހާގެ ކަންކަން އިޝްތިހާރުކުރާތީ ކުރިމަތިވި ނުރައްކަލުން އަނބިމީހާ ކިރިޔާ ސަލާމަތްވި ޙާދިސާއެއްގެ ވާހަކަ-

އަނބިމީހާގެ ނުވަތަ ފިރިމީހާގެ ވާހަކަތައް އެކުވެރިންނަށް ކިޔައިދިނުމަކީ ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމެކެވެ. ހުންނަ އެހެން މީހުންވެސް ޝައުޤުވެރިވާނެ ޚާއްޞަ ސިފަތައް ކިޔައިދޭން ހެޔޮނުވާނެއެވެ. މިކިޔައިދެނީ އަންތބަކަށް ކުރިމަތިވި ކަމެކެވެ.  

ފިރިމީހާގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ތަނަވަސް މީހަކު ހިމެނެއެވެ. އެއްރޭ ފިރިމީހާ ގޭގައި ނެތިސް ގެއަށް އައުމުން އަނބިމީހާ ކޮފީތަށްޓެއް ހަދައިގެން ގެންގޮސްދިނެވެ. ކުރިމަތީގައި އިށީނުމުން ފައިށާ ބޮނޑިއެއް ދީފައި ބުނީ ތިއައީ ދިން ހަދިޔާއެއް ކަމަށެވެ. ފިރިމީހާ ގެއަށް އައުމުން ޙަވާލުކުރާނެކަމަށް ބުނިމާ ބުނީ އެއީ ފިރިމީހާއަށް ދިން އެއްޗެއް ނޫންކަމަށެވެ. އަދި ބޭނުންވަނީ ދެމީހުންގެ މެދުގައި ގުޅުމެއް އުފައްދަން ކަމަށެވެ. 

އަނބިމީހާ އެކަމަށް ނުރުހި ފައިށާތައް އަނބުރާ ދިނުމުން އިތުރު ފައިސާތަކެއް މޭޒުމަތީގައި ބަހައްޓާފައި ބުނީ ހިތްފުރެނެދެން ފައިށާދީފާނެ ކަމަށެވެ. ދެންވެސް އަނބިމީހާ ދެކޮޅުހެދުމުން ތެދުވެ ބެއްދީއެވެ. އެތަން ބަލަންހުރި ގޭގެ ނޯކަރު ބުރޫމް ހިފައިގެން އައިސް ދަނޑިންޖަހާ އޭނާގެ ބޯފަޅައިލީއެވެ. އަނބިމީހާއަށް ސަލާމަތްވެވުނީ އެވަރުންނެވެ.  

އެވަޤުތު ފިރިމީހާ ގެއަށް އައިސް އެކުވެރިޔާ ކުށްވެރިކުރުމުން އެކުވެރިޔާ ބުންޏެވެ. "ތިއައީ ތެދެކެވެ. ކުށްވެރިއަކީ އަހުރެންނެވެ. އެކަމަކު އަހުރެން ލައްވައި މިކުށްކުރުވީ ކަލެއެވެ. އަނބިމީހާގެ ސެކްސީ ވާހަކައާއި އެކަން ބޮޑުކަމުން ކަލެއަށް އަނބިމީހާގެ ބޭނުންތައް ފުއްދައިނުދެވޭވާހަކައާއި މިހެންގޮސް އަނބިމީހާ އާއި ބެހޭގޮތުން ކޮންމެ ދުވަހަކު ކަލޭ ވާހަކަތައް ނުދައްކަމުހެއްޔެވެ؟ ކަލޭގެ އަނބިމީހާ ގެ މައްޗަށް އަހުރެންގެ ހިތް ޝައުޤުވެރިކުރުވީ ކަލެއެވެ. އެކަމަކު ކުށް ޤަބޫލުކޮށްފީމެވެ. ކަލޭގެ ކިބައިން މާފަކަށް ނުއެދޭނަމެވެ. ނަމަވެސް އަނބިމީހާގެ ކިބައިން މާފަށް އެދެމެވެ. ފަހުން ނަމަވެސް ބަދަލުވެސް ދޭނަމެވެ." އެހެން ބުނެފައި ނުކުމެގެންދިއައީއެވެ.  

އަނބިމީހާ ނިންމީ ފިރިމިހާއާއިއެކުގައި ނުއުޅުމަށެވެ. އެއީ ފިރިމިހާގެ ކަންކަން އެހުރިގޮތުން ދެން ކުރިމަތިވާނީ ކޮންފަދަކަމެއްކަން ނުއެނގޭތީއެވެ.  

އެތަނަވަސް އެކުވެރިޔާ އެކުރީ ބޮޑުކުށެކެވެ. އެކަން ޖެހޭނީ އެންމެންވެސް ޤަބޫލުކުރާށެވެ! ހަމައެއާއިއެކު ޤަބޫލުކުރަންޖެހޭނެ ކަމަކީ އޭނާގެ ފިރިމީހާގެ ކުށް މާބޮޑުކަމެވެ. އަނބިމީހާއާއި ބެހޭގޮތުން އެބާވަތުގެ ވާހަކަތައް ދެއްކުމަކީ ކުރެވޭ އެންމެ ބޮޑުކުށަކަށްވާތީއެވެ. ދީނުގައިވެސް އެއީ ވަރަށް ބޮޑު ކުށެކެވެ.

މިއީ ކޮންމެ ދެމަފިއަކުވެސް ވިސްނަންޖެހޭނެ ކަމެކެވެ. ބައިވެރިޔާއާއިބެހޭގޮތުން ސިއްރުކުރަންޖެހޭ ކަންކަން ސިއްރުކުރާށެވެ. ހަމައެކެއްގެ ގާތުގައިވެސް ނުދައްކާށެވެ. ދައްކާނަމަ ކުރިމަތިވާނީ މިފަދަ ޙާދިސާތަކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން